Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Feb 2024
ޚަބަރު

ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭކަމުގެ އިޝާރާތެއް

ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރުފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މިދަނީ މުރާޖަޢާ ކުރަމުންކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ބޭންކްއޮފް މޯލްޑިވުސް އިން ބުނީ، ކާޑު ލިމިޓްތައް މިދަނީ މުރާޖަޢާ ކުރަމުން ދިޔަނަމަވެސް އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި، އަދި އައު ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއްވެސް ކަނޑަނާޅާކަމަށެވެ.

ޑޮލަރުގެ ތާށިކަން ދިމާވެ ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ބޭރު ގައުމުތަކުގައި ތިބެގެން މުއާމަލާތް ކުރެވޭ މިންވަރު 10 ޕަސެންޓު ކުޑަކުރަން ނިންމައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

ބޭރު ގައުމެއްގައި ބީއެމްއެލްގެ ޑެބިޓް ކާޑަކުން މިހާރު މުއާމަލާތް ކުރެވެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ. ކްރެޑިޓް ކާޑަކުން މުއާމަލާތްކުރެވެނީ 750 ޑޮލަރާ ހަމައަށެވެ. ބޭންކުން ޑޮލަރު ލިމިޓަށް ބަދަލު ގެނައުމުން ދެން ޑެބިޓް ކާޑަކުން ނެގޭނީ 225 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑަކުން 675 ޑޮލަރެވެ.

ބޭންކަށް ޑޮލަރު ތާށިކަމެއް އައިސްގެން އުޅެނީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރާ ޑޮލަރުގެ އަދަދު މަދުވުމާ ގުޅިގެންކަމަށް މައުލޫމާތުލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.