Advertisement

ފޮޓޯ: ބީއެމްއެލް

07 Dec 2023
ޚަބަރު

ބީއެމްއެލް ވީލްޗެއަރ ހަދިޔާ ކުރުމުގެ ޕްރޮގްރާމް، މިއަހަރު އިތުރު 30 ވީލްޗެއަރ ހަދިޔާކުރަނީ

ރަށްރަށުގައި ތިބި ހިނގާބިނގާވެ އުޅެން ނުކުޅެދޭ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ހިންގަމުންދާ ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާ ކުރަން ނިންމައިފިއެވެ. 

މި ގޮތަށް އެ ބޭންކުން ނިންމުމުން 2017 ވަނަ އަހަރުން ފެށިގެން ހިންގާ އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 90 އަށް ވުރެ ގިނަ ރަށެއްގެ 230 އަށް ވުރެ ގިނަ ފަރާތަށް ވީލްޗެއާ ވަނީ ހަދިޔާ ކުރެވޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ފަށާފައި ވަނީ 2017 ވަނަ އަހަރުގައެވެ. އަދި މިހާރު މި ޕްރޮގްރާމްގައި 90 އަށް ވުރެ ގިނަ ރަށް ހިމެނޭއިރު، 230 އަށް ވުރެ ގިނަ މީހުނަށް ވީލްޗެއާ ދެވޭނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އާންމު ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން މުހިންމު ދައުރެއް އަދާކޮށްދޭ އަދި އަޅުގަނޑުމެން ހިދުމަތްކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިންމު އިންވެސްޓްމަންޓެއް،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

އަމިއްލަ އަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭނެ ފަރުދުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާ ކުރުމުގެ އިތުރުން، އެއްތަނުން އަނެއްތަނަށް ދިއުމަށް އެހެން މީހުންނަށް ބަރޯސާވާން ޖެހޭ ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ހާއްސަކޮށް މިއަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާވެސް ހަދިޔާ ކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އެހީވާން ބޭންކުން ތަފާތު ޕްރޮގްރާމްތައް ބީއެމްއެލްއިން ހިންގައެވެ. އެގޮތުން މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް މާލީ އެހީ ފޯރުކޮށްދެއެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސޭބިލިޓީ އާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގަން އެހީވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.