Advertisement

ނައުރޫ --

21 Feb 2024
ރިޕޯޓް
ޢަލީ ސުލައިމާން

މުއްސަނދި ކުޑަ ޤައުމެއް، ސިޔާސީ މީހުން ކައި ހުސްކޮށްލުމުން މިއަދު ރައްޔިތުން ތިބީ ބަނޑަށްޖެހިފައި

މީގެ އަހަރުތަކެއް ކުރިން އެމެރިކާއަށް ވުރެވެސް މުއްސަނދި ޤައުމެއް ސައުތު ޕެސިފިކް ކަނޑުގައި އޮތެވެ. އެހެން ނަމަވެސް އެޤައުމުގެ މުއްސަނދިކަމާއި ތަނަވަސްކަން ގެއްލި، ރައްޔިތުން ފަޤީރުވެގެން ދިޔަ ގޮތަކީ މިއަދު މުޅި ދުނިޔެއަށްވެސް އޮތް މިސާލެކެވެ. އެޤައުމަކީ ސައުތު ޕެސިފިކް ކަނޑުގައި އޮތް އެންމެ ޖަޒީރާއެއްގެ މައްޗަށް އެކުލެވޭ ކުޑަ ޤައުމެއް ކަމުގައިވާ ނައުރޫއެވެ.

ނައުރޫއަކީ، ދުނިޔޭގެ މިނިވަން ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުޑަ ޤައުމެވެ. ނައޫރޫގެ ޖުމުލަ އާބާދީއަކީ 11000 މީހުންނެވެ. ނައޫރޫގެ ބޮޑު މިނަކީ، ބާވީސް ސްކެއާ ކިލޯމީޓަރު ކަމަށް ވާއިރު، ނައޫރޫގެ އާބާދީގައި ތިބި އެގާރަހާހެއްހާ މީހުންގެ ތެރެއިން، އެ އެންމެން ކަހަލަގޮތަކަށް ދިރިއުޅެނީ ނައޫރޫގެ އައްސޭރިފަށުގައިވާ އަވަށްތަކުގައެވެ. ތާރީޚީ ހޯދުންތަކުގައިވާ ގޮތުން ނައޫރޫގައި މީހުން އާބާދުވެ ވަޒަންވެރިވިތާ 3000 އަހަރު ވަނީ ވެފައެވެ.

ނައޫރޫ އިންޓަރނޭޝަނަލް އެއާޕޯޓް --

މީގެ ފަންސާހަކަށް އަހަރުކުރިން، ތިޔާގިކަމާއި ފާގަތިކަމާއި ހާއުފާވެރިކަން ދުށް ނައުރޫއަށް މިއަދު ދެވިފައިވާ ނަމަކީ، އަމިއްލައަށް އަމިއްލަ ފަސްގަނޑުކައިލި ޤައުމުގެ ނަމެވެ. އެގޮތަށް ދިމާވީ، ޤައުމުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތުގައި ބޭނުން ނުކުރެވުމާއި، މަދު މީސްކޮޅުގެ ތެރެއިން އުފެދިގެން އައި ސިޔާސީ މީހުން ހިންގި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

1968 ވަނަ އަހަރު މިނިވަން ޖުމުހޫރިއްޔަތެއް އިއުލާން ކުރި ނައުރޫ މުއްސަނދި ޤައުމަކަށް ބަދަލުވެގެން ދިޔައީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ފާޓިލައިޒާ އުފެއްދުމަށާއި ގޮވާތަކެތި އުފެއްދުމަށް ބޭނުންވާ ފޮސްފޭޓްގެ ބޮޑު ރިޒާވެއް އެޤައުމުން ފެނުމާއިއެކުގައެވެ. 1906 ވަނަ އަހަރުންފެށިންގެ ނައުރޫގެ ބިމުން ފޮސްފޭޓް ނަގަން ފެށިއިރު އޭގެ މަންފާ އެންމެ ފުރަތަމަށް ހޯދަމުން ދިޔައީ ނައުރޫއަށް އައި ޖަރުމަނުގެ މީހުންނެވެ. 1914 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާއިން ނައުރޫގެ ބިމުން ފޮސްފޭޓް ނަގަންފެށިއެވެ. އެހެން ނަމަވެސް 1968 އާއި ހަމައަށް އެކަން ހިނގަމުން އައީ ވަކިގޮތަކަށް ކޮންޓްރޯލްކޮށްގެން ކަމަށް ނުވުމާއި އެކު، ނައުރޫގެ ބިމުން އެބަޔަކަށް ނެގުނު ވަރަކަށް ފޮސްފޭޓް އައީ ނަގަމުންނެވެ.

1968 ވަނަ އަހަރު ނައުރޫ މިނިވަންވުމާއި އެކު އެޤައުމު ވެގެން ދިޔައީ، ދުނިޔޭގައި އޮތް އެންމެ ކުޑަ މިނިވަން ދައުލަތަށެވެ. އެއީ ނައުރޫގެ ރައްޔިތުންނަށް ލިބުނު އާދަޔާ ޚިލާފު ތިޔާގިކަމާއި ތަނަވަސްކަމުގެ ފެށުމެވެ. މިނިވަން ޤައުމަކަށް ބަދަލުވެގެން ދިޔުމަށް ފަހު، ނައުރޫއިން ފޮސްފޭޓް އެކްސްޕޯޓް ކުރަމުން ދިޔުމާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ނައުރޫ ވެގެން ދިޔައީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ މުއްސަނދި ޤައުމަށެވެ.

ފޮސްފޭޓް ނަގަގައި ހުސްވިއިރު ނައުރޫގެ ބިންގަނޑު އޮތްގޮތް --

1974 ގައި ޖީޑީގެ ނިސްބަތުން ބޮލަކަށް ޖެހޭ ވަރު މުޅިދުނިޔޭގައިވެސް ދެވަނައަށް އެންމެ މަތީ ޤައުމަކީ ނައުރޫއެވެ. އެއީ އޭރު އެމެރިކާގެ ޖީޑީޕީއަށްވުރެވެސް 3 ގުނަ މަތީ އަދަދެކެވެ. 1974 ވަނަ އަހަރު ނައުރޫގެ އާމްދަނީ 225 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް ވުރެ މައްޗަށް އެރިއެވެ.

ނައުރޫއަށް ލިބެންފެށި މިއާދަޔާ ޚިލާފު ތިޔާގި ކަމުގައި އެޤައުމުގެ އިންފްރާސްޓްރަކްޗަރ ބިނާކުރަން ފެށީ، ދެމެހެއްޓެނިވި ގޮތެއް ބެލުމެއް ނެތިއެވެ. 11000 މީހުންގެ ކުޑަ އާބާދީއޮތް ޤައުމުގައި ބައިނަލް އަޤުވާމީ ފެންވަރުގެ ބޮޑު އެއާޕޯޓެއް ބިނާކުރިއެވެ. އަމިއްލަ ބޮޑު އެއާލައިނެއް އުފެއްދިއެވެ. އަމިއްލަ ބޭންކެއް އުފެއްދިއެވެ. އަވަށްޓެރި ޤައުމުތަކާއި، ނައުރޫގައި ބޮޑެތި އިންވެސްޓްމެންޓްތައް ކުރިއެވެ. އަދި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ އާއި ވެލްފެއާގެ ޚިދުމަތްތައް ތަޢާރަފްކުރިއެވެ. އެެހެން ނަމަވެސް ލިބެމުން ދިޔަ އާމްދަނީން ދެމެހެއްޓެނިވި ގޮތުގައި އޭގެ މަންފާ ކުރާނޭ ގޮތެއް ހޯދުމަކަށް ނައޫރޫގެ ސިޔާސީ ލީޑަރުން އޭރު ވިސްނާފައެއް ނުވެއެވެ.

ނައުރޫގައި އޮތް ފޮސްފޭޓްގެ ރިޒާވް ދަށަށް ދަމުން ގޮސް، 1990ގެ އަހަރުތަކުގައި މުޅިން ހުސްވުމާއި އެކު، އެޤައުމުގެ އިޤުތިޞާދު މުޅިން ހަލާކުވެގެން ދިޔައެވެ. ސަރުކާރުން ފެށި އެތައް ޕްރޮޖެކްޓެއް ނުނިންމި ހުއްޓިގެން ދިޔައިރު، މައިން ކުރުމުގެ ސަބަބުން ނައުރޫގައި އެހެން ސިނާއަތެއް ނުއުފެއްދޭ މިންވަރަށް ޤައުމުގެ ބިންގަނޑު ހަލާކުވެގެން ދިޔައެވެ. ބިންގަނޑުގެ 80 އިންސައްތަ ހަލާކުވެގެން ދިޔުމުގެ އިތުރުން، ނައުރޫގެ އައްސޭރީގެ ފަރުތަކާއި ފަރުތަކުގެ ދިރުންތައްވެސް މައިންކުރަމުން ދިޔުމުގެ ސަބަބުން 70 އަހަރުގެ ތެރޭގައި މުޅިން ހަލާކުވެ ނެތިގެން ދިޔައެވެ.

ނައުރޫގެ ބޭރުގެ ދަރަނިތައް މަތިވަމުންގޮސް އެންމެ ފަހުން ދަރަނިތައް ނުދެއްކި، 2004 ވަނަ އަހަރު ނައުރޫ ބަނގުރޫޓްވިއެވެ. އޭގެފަހުން ނައުރޫއަށް އެހީވަމުން އައީ އަވައްޓެރި އޮސްޓްރޭލިއާ އިން ކަމަށްވީ ނަމަވެސް، އޮސްޓްރޭލިއާއަށް ޤަވާއިދާއި ޚިލާފަށް އެތެރެވާ މީހުން ބަންދުކުރުމަށް ބައިތިއްބާ ތަނަކީ ނައުރޫކަމުގައި އެގައުމުން ހަދާފައިވުމުގެ ނަތީޖާއަކީ ނައުރޫއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުން ނަމަވެސް، ނައުރޫގެ މައްޗަށް މިއަދު އޮތީ އޮސްޓްރޭލިއާގެ ނުފޫޒާއި ބާރެވެ. ޤައުމުގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތަކީ މިއަދު ނައުރޫއަށް ހަމައެކަނި ނަމެކެވެ.

ނައުރޫގެ އެންމެ ތިޔާގި ދުވަސްވަރު އަޅަން ފަށައި ނުނިންމުނުގެ ގެތަކުގެ މަތީގައި ކުޑަކުދިންތަކެއް --

އިޤުތިޞާދީ ދަތިކަމުގެ ތެރޭގައި މާލީ އެތައް މައްސަލަތަކެއްގެ ތެރެއަށް ނައުރޫ ވެއްޓިގެން ދިޔައިރު ކަޅުފައިސާ ދޮވުމާއި، ޕާސްޕޯޓު ވިއްކުމާއި ޤަވާއިދާއި ޚިލާފަށް ރެފިއުޖީން އެތެރެ ކުރުމުގެ ތުހުމަތުތަކަކީ މިއަދު ނައޫރޫގެ ކުޑަ އާބާދީގެ މީހުންގެ މައްޗަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ ސީރިއަސް ތުހުމަތުތަކެވެ.

ނައުރޫއަކީ މިއަދު ވީރާނާ ޤައުމެކެވެ. ޤުދުރަތީ ވަޞީލަތްތައް ހުސްވެފައިވާއިރު، ތަނަވަސްކަން ލިބުނު ދުވަހުގައި އިޤުތިޞާދު ސިންދަފާތު ނުކުރެވުމުގެ ސަބަބުން ޤައުމުގެ ކުރިމަގު މިއަދު އޮތީ މުޅިން ހަލާކުވެފައެވެ. އެއް އިރެއްގައި މުއްސަނދިކަމާއި ތަނަވަސްކަމާއި ފާގަތިކަމާއި، އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅުނު ނައުރޫގެ މީހުންގެ ދަރީންނާއި ކާފަ މާމަ ދަރީންގެ ދިރިއުޅުން ބިނާކުރަން ޖެހިފައި ވަނީ، އަވައްޓެރި ޤައުމުތަކުންދޭ އެހީގެ މައްޗަށެވެ. އާބާދީއާ ނުބައްދަލު ބޮޑު އެއާޕޯޓު މިހާރު އޮތީ ވީރާނާކަމުގައެވެ. އެތައް ހޮޓާތަކާއި އިމާރާތްތަކެއް ހުރީ ނުނިމި ހުރި ކޮންކްރީޓް އޮނިގަނޑުތަކެއްގެ ގޮތުގައެވެ. 

އިޤުތިޞާދީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި ނައުރޫއަށް ދިމާވި މައްސަލައަކީ އެޤައުމުގެ އިޤުތިޞާދު މެނޭޖު ނުކުރެވުމެވެ. އަދި ޤައުމުގައި ހުރި ޤުދުރަތީ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ނުކުރެވެމެވެ. އެހެންކަމުން ނައުރޫއަށް ވެގެން ދިޔަ ގޮތަކީ، ދުނިޔޭގެ ކުދި ޖަޒިރާ އެހެން ޤައުމުތަކަށް އޮތް މިސާލަކަށް ވާއިރު، ދިވެހިރާއްޖޭގެ މިސްރާބު މިހާރު މިހުރީ ކިހިނެއްތޯ ވިސްނާލަން ޖެހެއެވެ. 

ދިވެހިރާއްޖެއަށް އޮތް ޤުދުރަތީ ވަސީލަތަކީ، ފަތުރުވެރިކަމަށް ދޫކުރެވެން ހުރި ރީތި ރަށްތަކެވެ. އެކަމަކު އުމުރާނީ ތަރައްޤީގެ ކުޑަ މިންވަރަކާއި އަޅުވައި 99 އަހަރަށް ރަށްތައް ދޫކުރަމުން ދޫކުރަމުން ދާނަމަ، ނައުރޫގެ ބިމުން ފޮސްފޭޓް ހުސްވި ގޮތަށް އެއްދުވަހަކުން، ދިވެހިރާއްޖޭގެ ރަށްތައްވެސް ވިއްކައި ހުސްވެގެންދާނެއެވެ. އޭރުން މިއަދު އެ ރަށްތައް ވިއްކައިގެން މިޖީލުގެ މީހުން އުފަލުގައި އުޅުނަސް، މާދަމާގެ ޖީލަށް އޮންނާނީ، ކޮންގޮތެއްތޯ ވިސްނާލުން ރަނގަޅެވެ. ނައުރޫއަކީ މިސާލެކެވެ. އެއީ މިއަދު ދިވެހިން ވިސްނާ ފިކުރު ހިންގާލުން ރަނގަޅު މިސާލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
17 Nov 2024
ޚަބަރު
ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް
މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
17 Nov 2024
ޚަބަރު
މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.