Advertisement

ފޮޓޯ: ބީއެމްއެލް

27 Jan 2024
ޚަބަރު

ބީއެމްއެލްގެ ބޯޑުން ވަކިކުރި 2 ޑިރެކްޓަރުން އަލުން ބޯޑަށް އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރުން ވަކިކުރި ނިންމުން ބަދަލުކޮށް، އޭގެ ތެރެއިން ދެ މީހަކު އަލުން ބޯޑަށް އައްޔަންކުރަން ސަރުކާރުން ނިންމާފައިފިއެވެ.

ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.

ބީއެމްއެލްގެ ބޯޑުން އެ ފަސް މެމްބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑުގައި ތިބި މެމްބަރުން ހިމެނޭހެން ފަސް މެމްބަރުންނެވެ. ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި އަށް ޑިރެކްޓަރުން ތިބެގެންނެވެ.

ވަކި ކުރި ބޯޑު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު އަލުން ބޯޑަށް އައްޔަނުކޮށްފައިވެއެވެ. ބީއެމްއެލްގެ ބޯޑަށް މިއަދު އަލުން އައްޔަނުކޮށްފައިވަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީއެވެ. ދެން ތިބި ޑިރެކްޓަރުން ވެސް އަލުން ބޯޑަށް އައްޔަނުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުލިބެއެވެ.

ބޯޑުން ވަކިކުރި ދެ ޑައިރެކްޓަރުން އަލުން ބޯޑަށް އައްޔަނުކުރުމުން، ބީއެމްއެލްގެ ބޯޑުގައި މި ވަގުތު ތިއްބަވާނީ ހަތް މެންބަރުންނެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދު ބުނާ ގޮތުގައި ބޯޑު މެންބަރުކަމުން ޑިރެކްޓަރުން ވަކިކުރުމާއި އައްޔަން ކުރަން ޖެހޭނީ އަހަރީ އާންމު ޖަލްސާއެއް ނުވަތަ ހާއްސަ ޖަލްސާއަކުންނެވެ. އެ ގަވާއިދުގެ ދަށުން ބޭންކުގެ ހިއްސާދާރުންގެ މަދުވެގެން 10 ޕަސަންޓު އެދިގެން ހާއްސަ ޖަލްސާއެއް ނޫނީ އީޖީއެމް އެއް ބޭއްވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.