އައިޖީއެމްއެޗް
އައިޖީއެމްއެޗް
16 Jan 2024
ޚަބަރު
އިންފުލޫއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި
އިންފުލުއެންޒާ ވައިރަސްގެ އެކި ވައްތަރުތައް ފެތުރެމުން ދާތީ، ވެކްސިން ޖަހަން އެޗްޕީއޭ އިން އިލްތިމާސް ކޮށްފިއެވެ. އިންފްލުއެންޒާ އަކީ އާއްމުކޮށް ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އެޗްޕީއޭ އިން ބުނީ ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށެވެ.
15 Jan 2024
ޚަބަރު
ސަރުކާރުގެ މައި ހޮސްޕިޓަލަކީ، ދަރުމަވަންތަ ހޮސްޕިޓަލްކަމުގައި ނުވާންވީ ސަބަބެއް ނެތް: ރައްޒާޤު
ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތް ކުރަންފެށީވެސް މުޅިން ވަކި ހޮސްޕިޓަލެއްގެ ގޮތުގައެވެ. އަދި އެހޮސްޕިޓަލުގައި، އެހާތަނަށް ސަރުކާރުގެ މައި ހޮސްޕިޓަަލުގެ ގޮތުގައި ހިންގަމުން އައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ދެވެންނެތް ޚިދުމަތްތައް ދެވޭނެ ގޮތަށް ފަރުމާކުރައްވައި، ޒަމާނީ ބަދަލުތައް ދަރުމަވަންތަ ހޮސްޕިޓަލުގައި ހިމެނުންވިއެވެ.
24 Dec 2023
ޚަބަރު
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފި
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފިއެވެ.
17 Dec 2023
ޚަބަރު
މާބަނޑުއިރު ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން އައިޖީއެމްއެޗްގައި ޓެސްޓް ހަދަން ފަށައިފި
މާބަނޑުއިރު ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗްގައި ފަށައިފިއެވެ.
14 Dec 2023
ޚަބަރު
ސަރުކާރުގެ އަމާޒަކީ، 1 އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި އައިވީއެފްގެ ފަރުވާފެށުން :ފިރުޒުލް
ފިރުޒުލް ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ އެފަދަ ފަރުވާތައް މިވަގުތު ލިބެންހުރީ، ރާއްޖެއިން ބޭރުންނާއި، ރާއްޖޭގެ އަމިއްލަ ހޮޮސްޕިޓަލްތަކުން ކަމަށްވާތީ އެކަމަށް ދައުލަތުން ކުރަންޖެހޭ ހޭދަކުޑަކުރެއްވުމަށާއި ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް ސަރުކާރުގެ އަމާޒަކީ އެޚިދުމަތްތައް އެއް އަހަރުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ޤާއިމްކުރެއްވުން ކަމަށެވެ.
17 Oct 2023
ޚަބަރު
ސިއްހީ ސާމާނު ނުހޯދިގެން ހިދުމަތް ނުހުއްޓޭނެ: ސަރުކާރު
ސިއްހީ ސާމާނު ނުހޯދިގެން، އެ ދާއިރާގެ ހިދުމަތްތަކަށް ހުއްޓުން ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ. ސަރުކާރުން މިގޮތަށް ބުނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގަމުން އަންނަ ބޭރުގެ ކުންފުންޏަށް ދައްކަން ޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން، އެ ކުންފުނީގެ ފަރާތުން ދެމުންދާ ހިދުމަތް ހުއްޓާލަފާނެ ކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް އޮފީހުން ފާޅުކޮށްފައިވަަނިކޮށެވެ.
16 Aug 2023
ޚަބަރު
ބޭންކް އޮފް މޯލްޑިވްސްގެ ބޮޑު އެހީތެރިކަމަކާއިއެކު އައިޖީއެމްއެޗްގައި ތަރައްޤިކުރި އޮންކޮލޮޖީ ވޯޑު ހުޅުވައިފި
އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ތަރައްޤީކޮށްފައި ވަނީ، ބޭންކް އޮފް މޯލްޑިވްސްއިން އެކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން އެހޮސްޕިޓަލަށް ފޯރުކޮށްދިން މާލީ އެހީގެ އިތުރުން ހޮސްޕިޓަލުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުން ފިލުއްވެވިއެވެ.