Advertisement

11 Jul 2024
ޚަބަރު

ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އިލްތިމާސްކޮށްފި

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އައި މީހުންނަށް ހާއްސަކޮށް ހުޅުވި ފްލޫ ކްލިނިކް މިހާރު ބަންދުކޮށްވައިވީ ނަމަވެސް، ހޮސްޕިޓަލަށް ދާއިރު ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މާސްކު އެޅުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) އިލްތިމާސްކޮށްފިއެވެ.

އައިޖޫއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި ފްލޫ ކްލިނިކް ބަންދުކުރީ، އެ ތަނަށް ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

ހައްޖުގެ އަޅުކަމަކީ ގިނަ ގައުމުތަކަކުން އެތައް މިލިއަން ބަޔަކު އެއްފަހަރާ އެއްވާ އަޅުކަމެއް ކަމުން، ހައްޖުގެ އަޅުކަން ނިންމުމަށްފަހު މީހުން ރާއްޖެ އަންނަ ދުވަސްވަރަކީ ތަފާތު އެކި ރޯގާތައް ފެތުރޭ ދުވަސްވަރެކެވެ. އެހެންކަމުން މި ދުވަސްވަރަކީ މިކަމަށް ސަމާލުވާންޖެހޭ ދުވަސްވަރެއްކަމަށް ސިއްހީ މާހިރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

މި ރޯގާތަކާ ގުޅުވައި އައިޖީއެމްއެޗްގައި ފްލޫ ކުލިނިކެއް ހުޅުވީ މިދިޔަ މަހުގެ 26 ގައެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވެސް އައިޖީއެމްއެޗުން އޭރު އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.