Advertisement

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް --

06 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޑެންގޫ ހުން ޖެހިގެން 9 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެ

ޑެންގޫހުން ޖެހިގެން މާލޭގައި 9 އަަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ މާލެއަށް އުފަން، އުމުރުން 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

ނޫން.އެމްވީއަށް އެނގިފައިވާ ގޮތުގައި ޑެންގޫހުން ޖެހުނު އެކުއްޖާ ނިޔާވީ ހާލު ދެރަވެ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރުގައެވެ. ކުޑަކުއްޖާގެ ހާލު ދެރަވެގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު ކަމުގައި އެނގިފައިވެއެވެ.

އޭޕްރީލް މަހުން ފެށިގެން މާލެ ސަރަހައްދުގައި ޚާއްސަކޮށް ހުޅުމާލޭގައި ޑެންގޫހުން ވަނީ އިތުރުވެފައެވެ.

މާރިޗު މަހުގެ 25 އިން މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހުޅުމާލެއިން، 142 މީހުންނަށް ޑެންގޫހުން ޖެހުނު އިރު އެމުއްދަތުގައި، މާލެއިން ޑެންގޫހުން ޖެހިފައި ވަނީ 47 މީހުންނަށެވެ. އަތޮޅުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް ޑެންގޫހުން ފެތުރެމުން އަންނަނީ މާލެ އަތޮޅުގެ ރަށްތަކުގައެވެ. މާލެ ފިޔަވައި މާލެ އަތޮޅުގައި ހިމެނޭ ރަށްތަކުން ހުސްވި މަހުގައި 32 މީހަކަށް ޑެންގޫހުން ޖެހުނުކަމުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.