Advertisement

އައިޖީއެމްއެޗް -- ފޮޓޯ: ސޯޝަލް މީޑިއާ

17 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްތުވުމުގެ ތުހުމަތު ކުރެވުނީ ދިވެހި އަންހެން ނަރުހަކަށް، މިހާރު ހުރީ މަޤާމް ދަށްކޮށް ސަސްޕެންޑްކޮށްފައި: އައިޖީއެމްއެޗް

މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތު ކުރެވުނު، ނަރުސް ހުރީ، މަޤާމު ދަށްކޮށް އަދި ސަސްޕެންޑްކޮށްފައި ކަމުގައި އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މަސްތުވުމުގެ ތުހުމަތު ކުރެވި، ހޮސްޕިޓަލުން ފިޔަވަޅު އަޅާފައިވަނީ، އަންހެން ދިވެހި ނަރުހަކަށް ކަމަށެވެ. އޭނާއަކީ، ކުރިން ވޯޑް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި ނަރުހެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު، އޭނާގެ މަޤާމު ދަށްކޮށް، ވާޑު އިންޗާޖު ކަމުގެ ވަޒީފާގެ މަސްއޫލިއްޔަތު އޭނާގެ ކިބައިން މީގެ ދެ މަސްދުވަސް ކުރިން ނަގާފައި ވާކަމަށެވެ. 

އަދި އޭނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމުގައިވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މީގެ ފަސްވަރަކަށް ދުވަސް ކުރިން އެފަދަ މައްސަލައެއް އައިޖީއެމްއެޗް އިން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އަދި އެމައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ތުހުމަތު ކުރެވުނު ނަރުސްމީހާ ހައްޔަރުކޮށްފައި ނުވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
ޫުރރތތ
ބޮއެއްގެ ހައްޔަރު ކުރޭތަ
17 Aug 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.