Advertisement

އައިޖީއެމްއެޗްގެ ތިއޭޓަރ --

11 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ދަރުމަވަންތަ ހޮސްޕިޓަލްގެ ހައިބްރިޑް ތިއޭޓަރު ބޭނުން ކުރަންފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު ބޭނުން ކުރަން ފަށާފައިވާ ކަމުގައި އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިކަން ހާމަކޮށްފައިވަނީ އެހޮސްޕިޓަލްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ކުރި ޕޯސްޓެއްގައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހިންގަމުން އަންނަނީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައެވެ. 

އައިޖީއެމްއެޗުން ވިދާޅުވީ، އެތިއޭޓަރަކީ، ދަރުމަވަންތަ ހޮސްޕިޓަލް 11 ވަނަ ފަންގިފިލާގައި ކެތު ލެބާއެކު ޤާއިމްކުރެވިފައިވާ ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރެއް ކަމަށެވެ. އަދި މިތިއޭޓަރު ބޭނުން ކުރެވެން ފެށުމާއި އެކު، ނިއުރޮލޮޖިކަލް، ކާޑިއެކް އަދި ޕެރިފެރަލް އިންޓަވެންޝަނަލް ޕްރޮސީޖަރތައް ދުނިޔޭގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކެކޭ އެއްފަދައިން އައިޖިއެމްއެޗުގައިވެސް ފޯރުކޮށްދެވޭނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހޮސްޕިޓަލުން ފާހަގަކޮށްފައިވާ ގޮތުގައި މި ތިއޭޓަރު ތަރައްޤީކުރެވި ބޭނުން ކުރެވެން ފެށުމަކީ، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި ހޯދުނު އިތުރު ކުރިއެރުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.