Advertisement

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

06 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ މަރުވި 9 އަހަރުގެ ކުއްޖާގެ މަރާއި ގުޅިގެން އައިޖީއެމްއެޗުން އެތެރޭގެ ތަޙްޤީޤެއް ހިންގަނީ

އިއްޔެ ނިޔާވި އުމުރުން 9 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލާއި ގުޅިގެން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން އެތެރޭގެ ތަޙްޤީޤެއް ހިންގަން ފަށައިފިއެވެ.

ބުދަ ދުވަހު ހަވީރު ނިޔާވެފައި ވަނީ، މއ. ވައިލެޓްމާގޭ އުމުރުން 9 އަހަރުގެ ބިލާލް ބިން އަސްލަމްއެވެ. ކުއްޖާ ނިޔާވުމުގައި ހޮސްޕިޓަލުން އިހްމާލު އޮތްކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ކުޑަކުއްޖާގެ މަރާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަކުއްޖާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ހުރެގެން ހޮސްޕިޓަލުން އެކަންކަން ބަލަމުންދާ ކަމަށެވެ. އެހެންވެ އެމަރުގެ މައްސަލާގައި މިވަގުތު އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.

ކުޑަކުއްޖާގެ އާއިލާއިން ބުނީ ކުއްޖާ ފުރަތަމަ ހުން އައީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށާއި، ހުން ނުނިވާތީ، ހޯމަ ދުވަހު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. އަދި ކުއްޖާގެ ހުން 103 ފެރަންހައިޓްގައި ހުރި އިރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ނުކުރާ ކަމަށާއި، ޓްރައޭޖް ކުރި އިރުވެސް ބަލާފައި ވަނީ ހަމައެކަނި ބަރުދަނާއި ހުން ހުރި މިންވަރު އެކަނި ކަމުގައި އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ އެދުވަހު ކުއްޖާއަށް އައިޖީއެމްއެޗުން އިންޖެކްޝަނެއް ދިން ކަމަށާއި، ކުއްޖާގެ ހާލަތު ގޯސްވީ އެ އިންޖެކްޝަން ދިން ފަހުން ކަމަށެވެ. އަދި ޑޮކްޓަރު ލަފާދެއްވާފައި އޮތީ އައިވީކޮށް އިންޖެކްޝަން ދޭން ނަމަވެސް ނަރުހުން އިންޖެކްޝަން ދިނީ ސީދާ ނާރަށް ކަށި ޖަހައި ސިރިންޖުން ކަމުގައިވެސް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ، އައިޖީއެމްއެޗުން ކުއްޖާއަށް އިންޖެކްޝަނެއް ދިނުމަށްފަހު، ހޮޑުލެވި ކުއްޖާގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. އަދި އަންގާރަ ދުވަހުވެސް ކުއްޖާގެ ޓެސްޓް ރިޕޯޓްތައް ދެއްކި އިރު ކުއްޖާގެ ހާލަތު ރަނގަޅު ނޫންކަމަށް ބުނިކަމަށާއި، ކުއްޖާގެ ލޭ މަދުކަމާއި، ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވެފައިވާކަން ރިޕޯޓުން ފާހަގަވުމުންވެސް ޑޮކްޓަރުން އެކަމަަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށް އާއިލާއިން ބުންނެވެ. 

އާއިލާއިން ބުނީ، އިންޖެކްޝަން ޖެހފަހުން ކުއްޖާގެ ހިތުގެ ހިނގުން އަވަސްވެ ބޯއަނބުރައި ހޮޑުލެވުންފަދަ މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި ކުއްޖާގެ ހާލަތު ގޯސްވެ ފިޓްޖެހޭ ގޮތްވެ ކުއްޖާ ހުއްޓިގެން ބުދަ ދުވަހު ހަވީރު، ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެމްބިއުލާންސްއަށް ގުޅައިގެން އެތައް އިރެއްފަހުން އެމްބިއުލާންސް އައި އިރު އެމްބިއުލާންސްގައި ކުއްޖާއަށް ފަރުވާ ދެވޭނެ ގޮތްވެސް ނެތްކަން އާއިލާއިން ފާހަގަކުރިއެވެ.

އާއިލާއިން ބުނީ ކުއްޖާ އައިޖީއެމްއެޗްގެ އީއާރަށް ގެންދެވުނީ 3 ޖެހިފަހުން ކަމަށާއި، ކުއްޖާ ގެންދިޔައިރުވެސް ވިންދު ނެތްކަމަށް ބުނި ކަމަށެވެ. އެހެން ނަމަވެސް ސީޕީއާރްދީގެން ވިންދު ލިބުނު ކަމަށާއި އޭގެ ފަހުން އަނެއްކާވެސް ކުއްޖާގެ ހާލަތު ގޯސްވެ ކުއްޖާ ނިޔާވިކަމަށް ޑޮކްޓަރުން ކަނޑަޅީ ހަވީރު 5 ޖެހިފަހުން ކަމަށެވެ. 

ކުއްޖާގެ މަރު ފޯމްގައި ޑޮކްޓަރުން ލިޔެފައި ވަނީ މަރުގެ ސަބަބެއް ނޭނގޭކަމަށެވެ. އެހެން ނަމަވެސް ކުއްޖާގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެންމަދުވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ލޭ ގެ ރިޕޯޓްތަކުން، ކުއްޖާގެ ހަށިގަނޑުގައި ޕޮޓޭސިއަމް ހުރި ލެވެލް ފުރާނައަށް ނުރައްކާވާ ވަރަށް މަތިވެފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.

ކުއްޖާ މަރުވި ފަހުން، ލިބުނު ލޭގެ ރިޕޯޓްގައި ކުރިން ޑެންގޫހުން ޖެހިފައިވާކަން އެނގެން އޮތް ކަމަށާއި، އެހެން ނަމަވެސް އެންޓިންޖެން ޓެސްޓްގައި ޑެންގޫއަށް ނެގެޓިވްކަމަށް ފާހަގަކޮށްފައި އޮތްކަންވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

އާއިލާއިން ބުނީ 9 އަހަރުގެ އެކުއްޖާ ނިޔާވުމުގައި ހޮސްޕިޓަލުގެ އިހްމާލުވުން އޮޮތްކަމަށް ދެކޭތީ އެމައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު އައިޖީއެމްއެޗްގެ ކަމާއި ބެހޭ ފަރާތްތަކާއި އާއިލާއިން ބައްދަލުކޮށްފައިވާ ކަމަށާއި، ހޮސްޕިޓަލްގެ ފަރާތުންވެސް ގޯސްކޮށް ކަންތައްތަކެއް ހިނގާފައިވާކަން ޤަބޫލުކޮށް ހޮސްޕިޓަލުން މަޢާފަށްވެސް އެދުނު ކަމަށެވެ. 

އައިޖީއެމްއެޗްއިން ވިދާޅުވީ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ހޮސްޕިޓަލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެކަމުގެ މަޢުލޫމާތު ޙިއްޞާކުރާނެ ކަމަށެވެ.

ކޮމެންޓް
ޙަސަން
ޠިކަން ތި ނިމުނީ، ތީ ވަޒީރެެް ނޫނީ މަޖުލިސް މެމްބަރެއްގެ ދަރިއެއްނަމަ، އަންގަފާނެ،
06 Jun 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.