Advertisement

އައިޖީއެމް ހޮސްޕިޓަލް --

07 Feb 2025
ޚަބަރު

އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަރުވި މައްސަލައެއް

އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާދެމުން ދިޔަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ 39 އަހަރުގެ އަންހެނަކު ރޭ މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ،

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެންމީހާ މަރުވިކަން ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ރޭގެ 23:30ގައި ކަމަށާއި، އެމީހާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނަގާފައި ވަނީ އާއްމު އުސޫލުން މަރުގެ މައްސަލަތައް ބަލާ ގޮތަށް ކަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެންމީހާ އުސްތަނަކުން ވެއްޓުނު ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އޭނާއަށް އީއާރްގައި ފަރުވާދެމުން ދަނިކޮށް ނުކުމެގެން ދުއްވައި ގަތުމުން ވެއްޓިފައިވާ ކަމަށެވެ.

އަންހެން މީހާ މަރުވާން ދިމާވި ސަބަބެއް އެނގިފައި ނުވި ނަމަވެސް ރޭގެ ފަތިސް ނަމާދަށްފަހުގައި އެއަންހެންމީހާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަންހެންމީހާގެ މަރާއި ގުޅިގެން އާއިލާއިންވެސް އަދި އެނޫން ފަރާތަކުންވެސް މައްސަލައެއް ހުށައަޅާފައި ނުވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.