Advertisement

ފަރޓިލިޓީ ސަޕޯޓް ކޮމިޔުނިޓީގެ 'އައި.ވީ.އެފް ފަންޑު'ން މާލީ އެހީތެރިކަންދޭ ފަރާތްތަކަށް އެ އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ އަމާޒަކީ، 1 އަހަރުގެ ތެރޭގައި އައިޖީއެމްއެޗުގައި އައިވީއެފްގެ ފަރުވާފެށުން :ފިރުޒުލް

މިސަރުކާރުގެ އަމާޒަކީ އެއް އަހަރުދުވަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިވީއެފްގެ ޚިދުމަތް ދޭންފެށުންކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިސަރުކާރުގެ ހަފްތާ ސާދައިގައި ހިމެނޭ ކަންކަމުގެ މައުލޫމާތު ދެއްވުމަށް، ރައީސުލްޖުމްރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފިރުޒުލް ވިދާޅުވީ، ދަރިމައިވުމާއި ގުޅޭ އެފަދަ ފަރުވާތައް މިވަގުތު ލިބެންހުރީ، ރާއްޖެއިން ބޭރުންނާއި، ރާއްޖޭގެ އަމިއްލަ ހޮޮސްޕިޓަލްތަކުން ކަމަށްވާތީ އެކަމަށް ދައުލަތުން ކުރަންޖެހޭ ހޭދަކުޑަކުރެއްވުމަށާއި ރައްޔިތުންނަށް ލުއިފަސޭހަކޮށްދެއްވުމަށް ސަރުކާރުގެ އަމާޒަކީ އެޚިދުމަތްތައް އެއް އަހަރުގެ ތެރޭގައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ޤާއިމްކުރެއްވުން ކަމަށެވެ.

ދަރިމައިވުމާއި ގުޅޭ މައްސަލަތަކަށް ބޭނުންވާ ފަރުވާތައް އާސަންދައިގެ ތެރެއިން ކަވަރުކުރެވޭ ގޮތަށް އުސޫލެއް ހެދުން ހިމަނައި، އާސަންދަ ހިންގުމުގެ ޤަވާއިދަަށް ބަދަލު ގެނެސް ގެޒެޓްކޮށްފައިވާކަންވެސް ފިރުޒުލްވަނީ ފާހަގަކުރައްވާފައެވެ.

ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރަންޖެހޭ ފަރުވާތަކަކީ މީގެ ކުރިން އާސަންދައެއް ނުލިބެއެވެ. އެހެން ނަމަވެސް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ އެހީއާއެކު އެފަރުވާ ހޯދޭނެ އިންތިޒާމްތައް ފާއިތުވެ ދިޔަ ތަނުގައި ހަމަޖައްސާފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކީ، އާސަންދައިގެ ތެރެއިން އެކަމުގެ ޚަރަދުތައް ހަމަޖައްސައިދިނުމެވެ.

ދަރިމައިވުމުގެ ފަރުވާތަކަކީ އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ފަރުވާތަކެއް ކަމުގައި، އާއްމު އާދައިގެ މީހުންނަށް އެފަދަ ފަރުވާއެއްކޮށް ދަރިން ހޯދުންވެފައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.