Advertisement

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

29 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ އިރު މާސްކު އެޅުމަށް އެދިއްޖެ

ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި މެނުވީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރުވެސް މާސްކު އެޅުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން އެދިއްޖެއެވެ.

އެހޮސްޕިޓަލުން މިކަމަށް އެދުނީ، ހައްޖު ކްލިނިކަށް ހާޟިރުވާ މީހުންގެ ތެރޭގައި ރޯގާގެ ޢަލާމާތަތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ކަމުގައި ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމުގައި ބުނެފައި ވަނީ، ހައްޖު ކްލިނިކަށް ޒިޔާރަތް ކުރާ މީހުންގެތެރެއިން ރޯގާގެ ޢަކާމާތްތައް ހުންނަ މީހުންގެ އަދުސު އިތުރުވުމާއި ގުޅިގެން، ބަލިމީހުންނާއި މުވައްޒަފުންނާއި މުޖުތަމަޢުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ބައެއް ފިޔަވަޅުތައް އެޅުމަށް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، ކޮންމެހެން ބޭނުންވާ ޙާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ޒިޔާރަތްކުރައްވާއިރު މާސްކު އެޅުމަށާއި، ޚާއްޞަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ އެކަމަށް ސަމާލުވެވަޑައިގެން މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށާއި، ހޮސްޕިޓަލުގެ ތެރޭގައި ގިނަ މީހުން އެއްވެ އުޅުމުން ދުރުހެލިވުމަށް އައިޖީއެމްއެޗްއިން ވަނީ އާއްމުންނަށް އިލްތިމާސްކޮށްފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މީހަކަށް، ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ޖެހިގެން ވަނީ ނިޔާވެފައެވެ. މި ބައްޔަކީ، އާދައިގެ ރޯގާއެއް ފަދައި ފުރަތަމަ އަލާމާތްތައް ފެނުނު ނަމަވެސް މަދު ގަޑިއިރުތަކެއްގެ ތެރޭގައި މީހާގެ ފުރާނައަށް ނުރައްކާވެގެންދާ ބައްޔެކެވެ. ހައްޖަށް ގޮސްފައި އައި މީހުންގެ ތެރެއިން މިބަލި ފެނުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.