Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

17 Oct 2023
ޚަބަރު

ސިއްހީ ސާމާނު ނުހޯދިގެން ހިދުމަތް ނުހުއްޓޭނެ: ސަރުކާރު

ސިއްހީ ސާމާނު ނުހޯދިގެން، އެ ދާއިރާގެ ހިދުމަތްތަކަށް ހުއްޓުން ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފިއެވެ. ސަރުކާރުން މިގޮތަށް ބުނީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު، އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު ހިންގަމުން އަންނަ ބޭރުގެ ކުންފުންޏަށް ދައްކަން ޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އޮތުމުން، އެ ކުންފުނީގެ ފަރާތުން ދެމުންދާ ހިދުމަތް ހުއްޓާލަފާނެ ކަމުގެ ކަންބޮޑުވުން އިންތިހާބީ ރައީސް އޮފީހުން ފާޅުކޮށްފައިވަަނިކޮށެވެ. 

މިކަމަށް ރައްދުދީ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި ކޮވިޑް-19 ދުވަސްވަރު ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ގެނައި ގޮތަށް މިހާރުވެސް ލިބޭނެ ކަމަށެވެ. މިއުވާން ވަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ގޮތަށް، ލިބޭ މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން މިފަދަ ވާހަކަތައް ނުފެތުރުން އެދިފައެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އައިޖީއެމްއެޗުގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުން ބޮޑެތި ކަންބޮޑުވުންތަކެއް އެ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ބައެއް ހާއްސަ ސެންޓަރުތައް ހިންގަނީ ބޭރުގެ އެކި ހޮސްޕިޓަލްތަކާއި ކުންފުނިތަކާ ގުޅިގެންކަމަށެވެ. އޭގެ ތެރެއިން ކިޑްނީގެ ބަލިތަކަށް ހާއްސަ ސެންޓަރާއި ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައެވެ.

މި ދެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދޭ ބޭރުގެ ކުންފުންޏަށް ނުދައްކާ އޮތް ފައިސާގެ ގޮތުގައި 5.3 މިލިއަން ޑޮލަރުގެ ބިލުތަކެއް އެބަހުރިކަމަށާއި، މި ބިލުތަކުގެ ތެރޭގައި ހިމެނެނީ އެ ކުންފުނިން ފޯރުކޮށްދީފައިވާ އެކިއެކި ސިއްހީ ސާމާނާ ގުޅޭ ހަރަދުތަައްކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.