އިދާރާތަކަށް ރައީސް އެންގެވީ އިންތިހާބީ ރައީސް ބޭނުންވާނެ މައުލޫމާތުތައް އެއްކުރުމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ދެންނެވުމެއްގައި ވަނީ، ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަންވަން އަންގާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުންތައް ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ.