Advertisement

ފޮޓޯ: ރައީސް އޮފީސް

13 Oct 2023
ޚަބަރު

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭ: މުއިއްޒު

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުން ދެމުންދާ އެއްބާރުލުމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ޑރ. މުއިއްޒު، ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އޮފީހުން ވެސް، އަދި ސިވިލް ސާވިސް ކޮމިޝަނުން ވެސް އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.

"ރައީސް އޮފީހުން ހަމަ ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާތަން ފެނޭ. ސިވިލް ސާވިސް ކޮމިޝަނުން ވެސް އެއްބާރުލުން އެބަ ދެއްވަވާ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދާއިރު، ބައްދަލުވުންތަކަށް އެއްވެސް އޮފީހަކުން ވަގުތު ނުދިނުމާއި، މައުލޫމާތު ހިފެހެއްޓުން ފަދަ ކަމެއް ވެސް ދިމާ ނުވާކަން ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ. ކުރިއަށް މިއޮތް މަހެއްހާ ދުވަސްތެރޭގައި ވެސް އެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އިންތިގާލީ މަރުހަލާ ކޮމިޓީގެ ޑިރެކްޓަ ޖެނެރަލްއަކަށް ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށް، އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިޔުމަށް 15 ކޮމިޓީއެއް އެކުލަވާލައި، އޮފީސްތަކާ މިހާރު ދަނީ ބައްދަލު ކުރަމުންނެވެ. މިހާރުވެސް ސަރުކާރުގެ ގިނަ ކުންފުނިތަކަކާއި މުވައްސަސާތަކާއި ބައްދަލުކޮށް އެ ތަންތަނުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން އިންތިހާބީ ރައީސްގެ ޓީމުތަކުން ވަނީ މައުލޫމާތު ހޯދާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.