Advertisement

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

11 Oct 2023
ޚަބަރު

އެއްވެސް މަޝްރޫއެއް ހުއްޓާކަށް ނާންގަން: ޑރ. މުއިއްޒު

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނުވަތަ މަޑުޖައްސާލަން ބުނެފައި ނުވާނެކަމަށް، އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އެބޭފުޅާގެ ފަރާތުން ވެސް އެއްވެސް ބޭފުޅަކު މިކަމަށް ނާންގާނެކަމަށެވެ

"އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަޅުގަނޑު ނުދަންނަވަން. އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ. ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީ ތައް ބާލަމުން ދާކަމާއި، އެކަން ކުރަނީ އަޅުގަނޑު އަންގައިގެންކަމަށް ދައްކާ ޙަޤީޤަތެއްނެތް ވާހަކަތަކާއި ގުޅިގެން، ރައްޔިތުންނަށް ޔަޤީންކަން ދިނުމުގެ ގޮތުން ދަންނަވާލަން. ޝުކުރިއްޔާ". 

ޑރ. މުއިއްޒު އެކްސްގައި މިއަދު ކުރިޕޯސްޓް

ނަމަވެސް، މިއީ ސަރުކާރު ބަދަލުވާ ދުވަސްކޮޅުކަމަށް ވާތީ، މި މުއްދަތުގައި 10 ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސް ޑރ. މުއިއްޒުވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުވާފައެވެ. އޭގެ ތެރޭގައި އާ ޕްރޮޖެކްޓްތައް އިއުލާން ކުރުމާއި، ވަޒީފާގެ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުން އަދި އާ އިންވެސްޓްމެންޓްތައް ފެށުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހިނގާ މި ދަނޑިވަޅުގައި ސިވިލް ސަރވިސް ކޮމިޝަނުން އިދާރާތަކަށް ފޮނުވި ސަރކިއުލާގައި ވަނީ މަޤާމުތަކަށް އިޢުލާންކުރުމާއި، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، މަޤާމުގެ ކުރިއެރުން ދިނުމާގުޅޭ މަސައްކަތްތައް ކުރިޔަށްގެންދިއުމުގެ އިތުރަށް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގައި ވަކި ގޮތަކަށް އަމަލުކުރަން އަންގާފައެވެ

މީގެ އިތުރުން އިންޓަރނަލީ އިޢުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަޤާމުތަކަށް މިހާތަނަށްކޮށްފައިވާ އިޢުލާންތަކާ ގުޅިގެން ކުރިއެރުންދިނުން މަޑުޖައްސައިލުމަށާއި، އެކި އިދާރާތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަންޓެންސީ އުޞޫލުން މީހުން ނެގުން މަޑު ޖައްސާލުމަށްވެސް ސަރުކާރުގެ އިދާރާތަކަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.