Advertisement

09 Oct 2023
ޚަބަރު

ބަޖެޓް ފާސްކުރުމަށް އައު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: އެމްޑީޕީ

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށްޓަކައި އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު ދެ ވަނަ ފަހަރަށް މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. 

އަސްލަމް ވިދާޅުވީ، ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެ ޕާޓީގެ މެމްބަރުން މަޖިލިސް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އޮޕޮޒިޝަން ޕާޓިއެއްގެ ގޮތުގައި އެމްޑީޕީން ވަރުގަދައަށް ހަރަކާތްތެރިވަމުން ދާނެކަމަށާއި، ނަމަވެސް ސަރުކާރަށް އުނދަގޫކުރުމާއި ޖެއްސުންކުރުމުގެ ނިޔަތުގައި މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަސްލަމް ވަނީ ދެއްވާފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް ރޫހެއް ނެތް ސަރުކާރަށް ދަތިކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާކަށް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާނީ މި ދެންނެވި އާ ސަރުކާރު އެކުލެވުމަށް ފަހު އެ ސަރުކާރެއް ޖަވާބުދާރީ ކުރުވުން. ޒިންމާދާރުކަމާ އެކު އަޅުގަނޑުމެން އެކަން ކުރަމުން ގެންދާނީ،" އަސްލަމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 96ވަނަ މާއްދާގައިވާ ގޮތުން، އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހެއެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.