Advertisement

21 Oct 2023
ޚަބަރު

ބޭސް ގަންނަ ބޭރު ކުންފުންޏަކާއިއެކު ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯއިން ދޮގުކޮށްފި

ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން ބޭރު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ އެސްޓީއޯ އިން ދޮގުކޮށްފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ފާހަގަވެފައިވާ ކަމަށެވެ. ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެ ފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ އިންތިހާބީ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ ބުނެފައެވެ.

"މި މަރުހަލާއަށް އެ މަސައްކަތް އެގޮތަށް ނުގެންގޮސް، މަޑުޖައްސާލަ ދެއްވަން އެ މަނިކުފާނު އެދިވަޑައިގަންނަވާ،" ފިރުޒުލް ވިދާޅުވި އެވެ.

ބޭސް ގެނައުމުގެ އެއްބަސްވުމާ ގުޅިގެން އެސްޓީއޯ އިން 'އެކްސް' ގައި ކުރި ޕޯސްޓް

އެކަމާ ގުޅިގެން އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ ފިރުޒުލް އެ އިޝާރާތް ކުރެއްވި ފަދަ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

"އެ ފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ޕޯސްޓްގައި ބުންޏެވެ.

ބޭސް ގަންނަން އެއްބަސްވުމެއް ހަދަން އުޅޭ ވާހަކައެއް ފެންމަތިވެފައި މިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން ބުނެފައިވަނިކޮށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ ލެބޯޓްރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވިޔަސް މި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.