Advertisement

ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް

01 Nov 2023
ޚަބަރު

މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތައް 1000 އާންމުންނަށް ދައުވަތު ދެނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. 

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ ހުވާކުރެއްވުމަށް އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް ހާއްސަ ދައުވަތުގެ ގޮތުގައި 3،500 ބޭފުޅަކަށް ޖާގަ ހަމަޖައްސާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުންގެ 1،000 މީހަކަށް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. އެ ރަސްމިއްޔާތު ބާއްވަނީ އެންމެ ހަރަދު ކުޑަކޮށް އިންތިޒާމުތައް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ނިންމާފައިވާ އެ ރަސްމިއްޔާތު މޫސުން ގޯސް ދުވަހަކާ ދިމާވެއްޖެ ނަމަ ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22.9 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްއާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިން މިހާރު އަންނަނީ ޖުމްހޫރީ މައިދާން ބަންދުކޮށް ރަސްމިއްޔާތަށް އެ ސަރަހައްދު ތައްޔާރު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.