Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

07 Oct 2023
ޚަބަރު

އިދާރާތަކަށް ރައީސް އެންގެވީ އިންތިހާބީ ރައީސް ބޭނުންވާނެ މައުލޫމާތުތައް އެއްކުރުމަށް

ވެރިކަން ބަދަލުވުމުގެ މަރުޚަލާގައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"އަށް ބޭނުންވާނެ މަޢުލޫމާތުތައް ސަރުކާރުގެ މުވައްސަސާތަކުން އެއްކޮށްފައި ބެހެއްޓުމަށާއި، ބޭނުންވެއްޖެ ޙާލަތުގައި އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުވައްސަސާތަކަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ދެންނެވުމެއްގައި ވަނީ، ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަންވަން އަންގާފައެވެ. 

ކަމެއް ހަމަޖެއްސުމާބެހޭ ގޮތުން ސުވާލު އުފެދޭ ހާލަތެއް އަތުވެއްޖެނަމަ، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިވާ ފަރާތާ މަޝްވަރާކުރެއްވުމަށް މި އެންގެވުމުގައިވެއެވެ. މި މަސައްކަތަކީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލު ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަން އަންގަވާފައިވާ މަސައްކަތެކެވެ.  

މައިގަނޑު 14 ކަމަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް އިދާރާތަކާއި މުވައްސަސާތަކަށް މި ދެންނެވުމުގައި ވަނީ އަންގަވާފައެވެ. މީގެތެރޭގައި އިދާރީ އޮނިގަނޑާއި، މިނިސްޓްރީތަކުގެ ދާއިރާގެ ބަޖެޓުގެ ތަފްޞީލާއި، ދާއިރާގެ ޤާނޫނާއި ގަވާއިދުތަކާއި، ޚިދުމަތްތަކުގެ ތަފްޞީލު، ބޭނުންކުރާ ސޮފްޓްވެއަރތަކުގެ ލިސްޓާއި، އެކިއެކި މަޝްރޫޢުތަކާއި މުޢާހަދާތަކުގެ އެއްބަސްވުންތަކާއި އަދި އެ މަސައްކަތްތައް ރޭވިފައިވާގޮތާއި ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފްޞީލު ރިޕޯޓް އެކުލަވާލުން ހިމެނެއެވެ.

މީގެއިތުރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކޮށްފައިވާ ދާއިރާތަކާއި، އެމީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓްވެސް ތައްޔާރުކުރަން ވަނީ އަންގަވާފައެވެ. އެކި ދާއިރާތަކުގައި ހިންގުމުގެ މަސައްކަތްތަކުގައި، ޤާނޫނީގޮތުންނާއި މާލީގޮތުންނާއި އަދި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ހިމެނުމަށްވެސް އިދާރާތަކަށް އަންގަވާފައިވެއެވެ. މީގެއިތުރުން ދަޢުލަތުގެ ބަޖެޓުގެ ތަފްޞީލްތައް އެއްކުރުމަށް، މިނިސްޓްރީ އޮފް ފިނޭންސްއަށް ރައީސް ވަނީ އަންގަވާފައެވެ.

ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަންވާނީ "ގަވަރންމަންޓް އީ- ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއިން މައުލޫމާތެއް ފޮނުއްވާނީ، އެކަމަށް އެދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއަކުން އެ އިދާރާއަކަށް ހުށަހެޅުމުންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.