Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

09 Oct 2023
ޚަބަރު

ވެރިކަން ބަދަލުވާ މި ދަނޑިވަޅުގައި ވަޒީފާތައް ދިނުން މަޑުޖައްސާލުމަށް އަންގައިފި

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކޮންމެހެން ބޭނުންވާ މަޤާމްތައް ފިޔަވައި އެހެން މަޤާމްތަކަށް މީހުން އައްޔަން ނުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން މިފަދައިން އަންގާފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަދިނުމުގެ ގޮތުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އިދާރާތަކަށް ފޮނުވި ސަރކިއުލާގައި ވަނީ މަޤާމުތަކަށް އިޢުލާންކުރުމާއި، ވަޒީފާތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، މަޤާމުގެ ކުރިއެރުން ދިނުމާގުޅޭ މަސައްކަތްތައް ކުރިޔަށްގެންދިއުމުގެ އިތުރަށް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމުގައި އަމަލުކުރަންވީ ގޮތް އަންގަވާފައެވެ.

ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި، މުދިމުންނާއި އިމާމުންގެ މަޤާމުތަކަކ،ީ އެ ޚިދުމަތްތައް މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދިނުމަށް ބޭނުންވާ މަޤާމުތަކަކަށްވާތީ އެ މަޤާމުތަކަށް މިހާރުވެސް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އެނޫން މަޤާމްތަކަށް މީހުން ބޭނުންވާނަމަ، ބޭނުންވާ ސަބަބު އަންގާ ހުއްދަ ހޯދުމަށްފަހު އިޢުލާންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.

ސީ.އެސް.ސީން ވަނީ މިހާތަނަށް އިޢުލާންކޮށްފައިވާ މަޤާމުތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން ދީފައިނުވާ މަޤާމުތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސައިލުމަށްވެސް އަންގަވާފައެވެ. މީގެ އިތުރުން އިދާރީ އޮނިގަނޑު މުރާޖައާކުރުމާއ،ި އައު މަޤާމުތައް އުފެއްދުމާއި، އިދާރީ އޮނިގަނޑަށް އަލަށް ދެވިފައިވާ މަޤާމުތަކަށް މީހުން ހޯދުން މަޑުޖައްސައިލުމަށްވެސް އެކޮމިޝަނުން ވަނީ އަންގަވާފައެވެ.

އިންޓަރނަލީ އިޢުލާންކޮށްގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ހަމަޖެހިފައިވާ އޮނިގަނޑުތަކުގެ މަޤާމުތަކަށް މިހާތަނަށްކޮށްފައިވާ އިޢުލާންތަކާ ގުޅިގެން ކުރިއެރުންދިނުން މަޑުޖައްސައިލުމަށާއި، އެކި އިދާރާތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަންޓެންސީ އުޞޫލުން މީހުން ނެގުން މަޑު ޖައްސާލުމަށްވެސް ސަރުކާރުގެ އިދާރާތަކަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.