Advertisement

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

10 Oct 2023
ޚަބަރު

އިންތިހާބީ ރައީސްގެ ފަރާތުން އެކުލަވާލި ޓީމުން އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކޮށްފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިންތިގާލީ މަަސައްކަތްތަކަށް އެކުލަވައިލި ޓީމުތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީން އެ މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން އޮތީ އިސްލާމިކް މިނިސްޓްރީގައެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ އިންތިހާބީ ރައީސް މުއިއްޒުއަށާއި އެމަނިކުފާނުގެ ފަރާތުން އެ މިނިސްޓްރީއަށް ޒިޔާރަތްކުރި ކޮމެޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ކުރީގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ޝަހީމް ވަނީ މި މަރުހަލާގައި ބޭނުންވާ މައުލޫމާތު ފަސޭހަކަމާ އެކު ހޯދައިދިނުމަށާއި އެ ކޮމެޓީން ކުރާ މަސައްކަތްތަކަށް މިނިސްޓްރީން ލިބޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޝަހީމްގެ އިތުރުން ޓްރާންސިޝަން ކޮމެޓީގައި، އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަހްމަދު ޒިޔާދު ބާގިރު ވެސް ހިމެނިވަޑައިގަންނަވައެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ފަރާތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް، ހަމަޖައްސާފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. ރައީސް ސޯލިހް ވަނީ، އިންތިހާބީ ރައީސްގެ އޮފީސް ސްޓެލްކޯ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.