Advertisement

ދަރުމަވަންތަ ހޮސްޕިޓަލް ---

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންފުލުއެންޒާ ޖެހިގެން ޒުވާން އަންހެނަކު ނިޔާވެއްޖެ

ގަން ރީޖަނަލް ހޮސްޕިޓަލުގައި ވިހޭ ޒުވާން އަންހެނަކު ހޮސްޕިޓަލުގައި އޮއްވައި އިންފުލުއެންޒާ ޖެހި އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެކެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި އަންހެން މީހާ މަރުވި ސަބަބު ކަމަށް މަރު ފޯމުގައި ބަޔާންކޮށްފައި އޮތީ، އިންފުލުއެންޒާ ޖެހުމެވެ.

ނިޔާވި އަންހެންމީހާގެ ފިރިމީހާގެ އާއިލާގެ މީހަކު ބުނި ގޮތުގައި ނިޔާވި އަންހެން މީހާއަށް އިންފުލުއެންޒާ ޖެހުނީ ވިހައިގެން ހޮސްޕިޓަލުގައި އޮއްވައެެވެ. އަދި މިދިޔަ ހަފްތާގައި އެ އަންހެންމީހާ ގަންރީޖަނަލް ހޮސްޕިޓަލުން މާލެ ފޮނުވީވެސް ވެންޓިލޭޓަރުގައި ކަމަށާއި، އަންހެންމީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާއެއް ދެވުނު ކަމަށް އާއިލާއަށް ޤަބޫލު ނުކުރެވޭ ކަމުގައިވެސް އޭނާ ބުންޏެވެ.

ނިޔާވި އަންހެންމީހާ ގެ ދެ ކުދިން ތިބެއެވެ.

މިޖެނުއަރީ މަހުގެ ތެރޭގައި އިންފުލުއެންޒާ ޖެހިގެން އިތުރު މީހަކުވެސް މަރުވެފައިވާ ކަން، ނޭވާލާ ނިޒާމްގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު، ޑރ، މުޙައްމަދު އަލީވެސް ހާމަކުރައްވާފައެވެ. އެދުވަހު ޑރ. މުހައްމަދު ޢަލީ ވަނީ 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަންވެސް ހާމަކުރައްވާފައެވެ.

ރާއްޖޭގައި އިންފުލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމުގައި، މިދިޔަ ހަފްތާގައި އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.