Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

17 Dec 2023
ޚަބަރު

މާބަނޑުއިރު ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން އައިޖީއެމްއެޗްގައި ޓެސްޓް ހަދަން ފަށައިފި

މާބަނޑުއިރު ޑައުންސިންޑްރޯމް ހުރި ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗްގައި ފަށައިފިއެވެ.

ޑައުންސިންޑްރޯމް ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓު އައިޖީއެމްއެޗު މެދުވެރިކޮށް މީގެ ކުރިން ވެސް ހެދިއެވެ. ނަމަވެސް އޭރު އެ ޓެސްޓު ހެދީ ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ. އެހެންކަމުން ނަތީޖާ ލިބެނީ 2-3 ހަފުތާ ފަހުންނެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، "ވޯލްޑިވްސް" ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެން ގެނައި މެޝިނުން ޑައުންސިންޑްރަމްގެ އިތުރުން ޕަޓައު ސިންޑްރޯމް، ޓްރައިޕްލޮއިޑީ އަދި ޓާނާ ސިންޑްރޯމް ހުރިތޯ ޓެސްޓު ހެދޭކަމަށެވެ.

އައިޖީއެމްއެޗްގައި މި ޓެސްޓު ހަދަން ފަށާފައިވަނީ މީގެ 2 ހަފްތާ ކުރިންނެވެ. އެ ހޮސްޕިޓަލުން ބުނީ މި ޓެސްޓުތައް ހަދައިދޭނީ ޑޮކްޓަރުގެ ލިޔުމާއެކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.