Advertisement

ދަރުމަވަންތަ ހޮސްޕިޓަލް

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ މައި ހޮސްޕިޓަލަކީ، ދަރުމަވަންތަ ހޮސްޕިޓަލްކަމުގައި ނުވާންވީ ސަބަބެއް ނެތް: ރައްޒާޤު

ރާއްޖޭގެ ސިއްޙީ ޚިދުމަތަށް އިންޤިލާބީ ބަދަލާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުގައި އިމާރާތް ކުރެވުނު 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ވާންޖެހޭނީ ސަރުކާރުގެ މައި ހޮސްޕިޓަލަށް ކަމުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެއެެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރެއްވުމާއި ގުޅޭ ގޮތުން، "ނޫން.އެމްވީ" ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހިންގެ ފަޚުރާއި ޝަރަފާއި ގުޅިފައިވާ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ މުހިއްމު ރަމްޒެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މައި ހޮސްޕިޓަަލަކަށް ވާންޖެހޭނީ، ދަރުމަވަންތަ ހޮސްޕިޓަލްކަމުގައި ދެކެވެވަޑައިގަންނަވާ ކަމަށާއި، އަދި އެގޮތަށް މުޚާތަބުކުރުމަކީވެސް އެދިވަޑައިގަންނަވާ ކަމެއްގެ ގޮތުގައެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ، ސިއްޚީ ޚިދުމަތް އިތުރަށް ފުޅާކުރުމުގައިވެސް އިސްކަންދެވޭނީ ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށާއި، ދެން އަޅާ އިމާރާތްތައްވެސް ވާނީ އެހޮސްޕިޓަލްގެ އެކްސްޓެންޝަން ޢިމާރާތްތަކަށް ކަމަށެވެ.

ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ސަރުކާރުގައި ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތް ކުރަންފެށީވެސް މުޅިން ވަކި ހޮސްޕިޓަލެއްގެ ގޮތުގައެވެ. އަދި އެހޮސްޕިޓަލުގައި، އެހާތަނަށް ސަރުކާރުގެ މައި ހޮސްޕިޓަަލުގެ ގޮތުގައި ހިންގަމުން އައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ދެވެންނެތް ޚިދުމަތްތައް ދެވޭނެ ގޮތަށް ފަރުމާކުރައްވައި، ޒަމާނީ ބަދަލުތައް ދަރުމަވަންތަ ހޮސްޕިޓަލުގައި ހިމެނުންވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތަކީ، މާލޭގެ މަލަމަތިން އެންމެ ދުރަށް ފެންނަ ހުންނަ އެންމެ އުސްބިނާއެވެ. އަދި އެ އިމާރާތަކީ، މާލޭގެ އެންމެ މުހިއްމު ލޭންޑްމާކަށްވެސް ވަނީ ވެފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ބިނާކޮށް 1996 ވަނަ އަހަރު ހުޅުވުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމާރާތް ވަރަށް ބޮޑަށް ބާވެ ވަނީ ޖާގަ ދަތިވެފައެވެ. އަދި އެހޮސްޕިޓަލަށް އިތުރު ކުރެވުނު 11 ބުރީގެ އައު އިމާރާތް ބިނާކޮށް ނިންމުމަށްވެސް 8 އަހަރު ހޭދަވެގެންދިޔައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.