Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ---

28 Feb 2025
ޚަބަރު

މިހާރު ފެންނަމުން މިދަނީ ޚުދުމުޚުތާރުވެރިކަމެއްގެ ސިފަ: ކުރީގެ ނައިބު ރައީސް

މިހާރު ފެންނަމުން މިދަނީ ޚުދު މުޚުތާރު ވެރިކަމެއްގެ ސިފަތައް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤާނޫނު އަސާސީގައި ބާރުތައް ވަކިކޮށްފައި ވަނީ، ދިވެހި ޤައުމާއި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި ބާރުތައް އެކެއްގެ އަތްމައްޗަށް ގެނެސްގެން ހޯދޭނެ ވަކިމޮޅެއް ނެތް ކަމަށާއި އާޚިރުގައި ގެއްލުން ލިބޭނީ ޤައުމާއި ހުރިހާ ރައްޔިތުންނަށް ކަމުގައިވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާޙްތަކެއް ގެނެސްފައި ވަނިކޮށެވެ. އަދި އެމައްސަލަ ސްޕްރީމްކޯޓަށް ހުށައެޅި ހިނގަމުން އަންނަނިކޮށް، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނެސް މަޖިލީހުން ފާސްކޮށް އަދި، ނުފޫޒު ބޭނުންކޮށްގެން ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.