Advertisement

06 Aug 2023
ޖަޒީރާ ދިރިއުޅުން

ރަކީދޫ - އާބާދީ އެންމެ ކުޑަ ރަށް، އެކަމަކު ބޮޑެތި މަޝްރޫޢުތަކެއް

އާބާދީ ގައި އެންމެ 63 މީހުން ހިމެނޭ ފެލިދެ އަތޮޅު ރަކީދޫއަކީ، ބިމުގެ ގޮތުން ވެސް ކުޑަ ރަށެކެވެ. އެ ރަށުގެ ބޮޑު މިނަކީ 6.3 ހެކްޓަރެވެ. އަންދާޒާ ކޮށްލާނަމަ، ހުޅުމާލެ އަދި ވިލިމާލެ ނުލާ، މާލޭގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ރަކީދޫގެ 30 ރަށެވެ.

ރަކީދޫގައި ދިރިއުޅޭ މަދު މީސްކޮޅުގެ ސަބަބުން ކުރީގެ ސަރުކާރުތަކަށް އެހާ މުހިންމު ރަށަކަށް އެ ރަށް ނުވެ އޮތް ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާ، އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެކަން މިއަދު އެރަށުގެ ރަށްޔިތުންނަށް ގަބޫލު ކުރެވޭނެއެވެ.

އެގޮތުން މި ނިމިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ރައީސް ޞާލިޙް ވަނީ އެރަށް ވަޑައިގެން، އެރަށުގެ ބަނދަރުހުޅުއްވައި ދެއްވައި، އަދި އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

އެ ރަށަށް ވަޑައިގެން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ކޮންމެ ރައްޔިތަކީ ސަރުކާރުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއްކަމަށާއި، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި އެހެން ހުރިހާ ކަމެއްވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނީ އެއްވެސް ތަފާތުކުުރުމެއް ނެތި ހަމަހަމަކަމާއި އެކުގައި ކަމަށެވެ.

"ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. އެކަން އޮންނަން ޖެހޭނީ އެގޮތަށް."

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ވ. ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ޙަވާލުކުރައްވައިގެންނެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 އޮކްޓޯބަރ 9 ގައެވެ، އަދި އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ 2020 ޖޫން 8 ވަނަ ދުވަހުއެވެ.

ލަފާ ފުރުމަށް ކުރިން ކުޑަ ފާލަމެއް ބޭނުންކުރި ރަކީދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ވަނީ ޕޭވްމެންޓް އަޅާފައެވެ. އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 18.5 މިލިއަން ދިވެހި ރުފިޔާ އަށެވެ. ވ. ރަކީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހައި 200 މީޓަރު ސަރަހައްދެއްގައި ވަނީ ބޭރުތޮށިލާފައެވެ. އަދި މޫދަށް އެރޭ ސަރަހައްދުގެ ގޮތުގައި، 40 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ސަރަހައްދެއް ފުންކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗާއިން އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރީ 10.1 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން ވެސް އެރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ.

ވ. ރަކީދޫގެ މަޝްރޫޢުތައް ހުލާސާކޮށް:

ނިމިފައިވާ މަޝްރޫޢުތައް؛

ބަނދަރު ހެދުން

ދޯނި އެހެލާ ސަރަޙައްދު ހެދުން

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

ހިނގަމުންދާ މަޝްރޫޢުތައް؛

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން

އިއާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު

ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުން

އެވޯޑްކޮށްފައިވާ މަޝްރޫޢު؛

ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.