Advertisement

ރައީސުލްޖުމްހޫރިއްޔާ މ. ކޮޅުފުއްޓަށް ވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

04 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ވިހެއުމުން ދޭންފެށި ޗުއްޓީއާ އެކީ އާއިލާތަކަށް ލިބުނީ ބޮޑު ހިންހަމަޖެހުމެއް

ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް;

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރެއްވެވުމަށް ނިންމެވި އެއް ކަމަކީ ވިހެއުމާއި ގުޅިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއިއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން 19 ނޮވެމްބަރ 2018 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، މި ފާހަގަކުރި ވަޢުދު ހިމެނޭހެން، ސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމަށް ނިންމުނެވެ.

ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން އޮފީސްތަކުގެ ކަމާއި ގުޅުންހުރި ޤަވާއިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިއެވެ. އަދި 2019 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރު އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ބަދަލަށް ޢަމަލުކުރަން ފެށިއެވެ. މި ބަދަލު ވެގެންދިޔައީ، އާއިލާތައް ބިނާކުރުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ވަޢުދުގެ މުހިންމު ބޭނުންތަކެއް ހިމެނެއެވެ. އެ ކަންތައްތައް ޙިއްސާކޮށްލާނަމެވެ.

1.       ތުއްތު ދަރިފުޅު ދުނިޔެއަށް އަންނަ ދުވަސްވަރަކީ މަންމައާއި، ދަރިފުޅަށްވެސް ނާޒުކު ދުވަސްވަރެއްކަމުން، ދުޅަހެޔޮ ކުދިން ބޮޑުކުރުމަށްޓަކައި ކޮންމެ މަންމައަކަށް އެ ފުރުސަތު ހޯދައިދިނުން.

2.       ދަރިފުޅުގެ ފުރަތަމަ 6 މަސްދުވަހު ހަމައެކަނި މައިމީހާގެ ގާތުން ކިރު ދިނުމަށް އެއްވެސް އުނދަގުލަކާނުލާ މަގުފަހިވެގެންދިއުން.

3.       ވަޒީފާ ނުގެއްލޭނެކަމުގެ ޔަޤީންކަންލިބި، ހިތްހަމަޖެހުމާއެކު ދަރިފުޅު ގާތުގައި ހުރުމުގެ ފުރުސަތު ތަނަވަސްވެ، ވަޒީފާގެ މައިދާނުގައި އަންހެނުން ދެމިތިބުމަށް ބާރު ލިބިދިނުން.

ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެން އޮންނަ އާދައަކީ މަންމަ ދަރިބަލަން ގޭގައި ހުރުމެވެ. އަދި އާއިލާގެ ޙަރަދުތައް ބެލެހެއްޓުމަށް ބައްޕަ މަސައްކަތް ކުރުމެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއިއެކު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ހުޅުވިފައިވާ ފުރުސަތުތަކާއިއެކު އާއިލާތަކުން ހާސިލްކުރަން ބޭނުންވާ ކަންކަމާއި ދިރިއުޅުން ބައްޓަން ކުރަން ބޭނުންވާގޮތް ތަފާތުވުމުން، ދެމަފިރިން ވަޒީފާ އަދާކުރަން ޖެހެއެވެ. ޙާއްސަކޮށް މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކުދި އާއިލާތަކަށް ފަރުޖެހެނީ ދެމަފިރިން ވަޒީފާ އަދާކޮށްގެންނެވެ. މި ސަބަބާއި ހެދި، ގިނަ ފަހަރަށް އަލަތު ކައިވެންޏަށްފަހު ގިނަ ފަރާތްތަކުން ދަރިން ހޯދުމުގެ ރަގަޅު ވަގުތަކަށް ބަލަބަލަ ތިބެން ޖެހުނެވެ. އެއީ ދަރިއެއް ލިބުމަށްފަހު އެ ތުއްތު ދަރިފުޅަށް އެންމެ ބޭނުންވާ ލޯތްބާއި އަޅާލުން ދެވޭނީ މަންމައަށް ކަމުންނެވެ. އަދި ތުއްތު ދަރިފުޅަށް ދޭން ބޭނުންވާ ލޯބީގެ އިތުރުން، ވިހެއުމަށްފަހު އަނބިމީހާއަށް އެންމެ ބޭނުންވާނީ ފިރިމީހާގެ އަޅާލުން ކަމުންނެވެ.

މިފަދަ އާއިލާތަކަށް އުފާވެރިކަން ގެނަސްދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައިންނަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައިންނަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ދޭން ނިންމެވި ހިސާބުންނެވެ. މިކަން ވެގެން ދިއައީ ދުޅަހެޔޮ އާއިލާއެއް ބިނާ ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅަކަށެވެ.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް އަހަރަކު 30 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެއެވެ. މިފަދަ ކަންކަމަކީ ދައުލަތުން ބުރައެއް އުފުލަންޖެހުނަސް ކުރަންޖެހޭނެ ކަންކަމުގެ ގޮތުގައި އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށާ، ދައުލަތުގެ ޒިންމާއަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންތައްތަކެއް ކުރުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.