Advertisement

03 Aug 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

ތަރައްގީގެ ހަގީގީ ކުލަތައް ފެނިފައި ނެތް ހިމަންދޫއަށް މި ދައުރުގައި ބޮޑު އިންގިލާބެއް އައި ފަދަ

އާބާދީގައި 750 އެއްހާ މީހުން ދިރިއުޅޭ އއ. ހިމެދޫގެ ބޮޑުމިނަކީ 23.1 ހެކްޓަރެވެ. މިރަށަކީ އަރިއަތޮޅު އުތުރުބުރީގެ އެންމެ ދެކުނަށް މީހުން ދިރިއުޅޭ ރަށެވެ. ރަށުގެ ގިނަ ރައްޔިތުންނަކީ މަސްވެރިކަން ކުރާ މީހުންނެވެ. އަދި މިއީ މިހާރަކަށް އައިސް ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އެއް ރަށެވެ.

ޒަމާންތަކެއް ވަންދެން މި ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގައި ބަނދަރެއް ނެތުމެވެ. މި ރަށުގައި ލަފާ ފުރުމަށް ކުރިން ބޭނުން ކުރަމުން އައީ ލަކުޑި ޖެޓީއެކެވެ. އެހެންކަމުން ރަށުގައި ދުއްވާ އޮޑިދޯނި ފަހަރަށް މި ޖެޓީގައި ދޯނި އަޅާފައި ނުބޭއްވޭތީ، ދޯނިތައް އަޅަމުން ދިޔައީ ރަށްކައިރީގައި އޮންނަ ފުން ވިލެއްގައެވެ. އަދި ޖެޓީ އާއި ދޯންޏާއި ދޭތެރޭ ދަތުރުކުރުމަށް ބޭނުން ކުރީ ޑިންގީ އާއި ބޮއްކުރާއެވެ. މިކަމުގެ ސަބަބުން ރަށަށް މުދާ ބޭލުން ވެސް ވީ ވަރަށް އުނދަގޫ ކަމަކަށެވެ.

ހިމަންދޫގައި ކުރިން ބޭނުން ކުރަމުން ދިޔަ ޖެޓީ, ފޮޓޯ: މާޕު (ފްލިކަރ)

މިހާރު އެރަށުގައި ޤާއިމްވެފައި އޮތް ބަނދަރުގެ ވާހަކަ ފެށުނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި، އެ ރަށަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމުން އެ އުނދަގޫ އެ މަނިކުފާނާއި ޙިއްސާ ކުރި ހިސާބުންނެވެ. މީގެ އިތުރުން ވެސް ރަށަށް ބޭނުންވާ މުހިންމު ކަންތައްތަކެއް އެ ދުވަހު ރައްޔިތުން ޙިއްސާ ކުރިއެވެ.

އޭގެ ގާތްގަނޑަކަށް 3 އަހަރު ފަހުން 21 އޮކްޓޯބަރ 2021 ގައެވެ. ރައީސް ޞާލިޙް ހުންނެވީ އެ ރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެ. އެ ދުވަހު ރައީސް ދެންނެވީ، ބަނދަރު އެއޮތީ ރައްޔިތުން ބޭނުންވިގޮތަށް ހަދާ ނިމިފައި ކަމަށެވެ.

"އާދެ، ބަނދަރު މިއޮތީ ރައްޔިތުން ބޭނުންވިގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކޮށްދީ ނިމިފައި."

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އއ. ހިމަންދޫގައި، ފޮޓޯ: ރައީސް އޮފީސް

ކޮވިޑުގެ އާލަމީ ވަބާގެ އެންމެ ހައްސާސް ދުވަސްތަކުގައި ވެސް މި މަޝްރޫޢު ނުހުއްޓި ކުރިއަށް ދިއައެވެ. މިހާރު އެ ރަށުގައި އަށާވީސް ހާސް އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކައިގެން 372 މީޓަރުގެ އެއްގަމު ތޮށްޓަކާއި، 405 މީޓަރުގެ ބޭރު ތޮށްޓެއް ވަނީ ހަދާފައެވެ. އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހައި އެއްގަމު ތޮށްޓާއި ބޭރު ތޮށި ގުޅުވާލުމަށް ފާލަމެއް ހެދުމުގެ އިތުރުން، ބާޖުތަކަށް ފަސޭހައިން ބަނދަރާއި ގާތްކުރެވޭގޮތަށް ރޭމްޕެއްވެސް ހަދާފައިވެއެވެ.

ހިމަންދޫގައި އަލަށް ހެދުނު ބަނދަރު, ފޮޓޯ: އަވަސް

ހަމަ މިގޮތަށް އެރަށުގެ ރައްޔިތުން ބޭނުން ކުރަމުން ދިޔަ ފެނަކީ ފެންވެރުމަށް ވެސް އެކަށޭނަ ފެނެއް ނޫނެވެ. އެގޮތުން ފެނުގައި ވަސް ދުވުމާއި އަދި ބައެއް ގޭގޭގައި ބޭނުން ކުރަމުން ދިޔަ ފެނުގައި ކުލަ ހުންނަކަމަށް ވެސް ވެއެވެ. އެހެންނަމަވެސް އެ މަސައްކަތް ވެސް ނިމި, މިހާރު ކުރިޔަށްދަނީ ކަނެކްޝަންތައް ހެދުމުގެ މަސައްކަތެވެ.

ހިމަންދޫއަކީ ރަށު ފަތުރުވެރިކަން ފައްކާވަމުން އަންނަ ރަށަކަށް ބަލާއިރު, ބަނދަރާއި ނަރުދަމާ އާއި ފެނަކީ ރަށުގެ ޓުއަރިޒަމް ކުރިއެރުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

ރަށުގައި އޮތް ކުޅިވަރުގެ ފުރުސަތުތަކަށް ބަލާލާއިރު، މި ސަރުކާރުން އެ ރަށުގައި އަޅަމުންދާ ޔޫތު ސެންޓަރާއިއެކު ޒުވާނުންނަށް ގިނަ ކުޅިވަރުތަކެއް ކުޅުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް އެ ރަށުގެ ޒުވާނުން ގަބޫލު ކުރެއެވެ. އަދި ކުރިން ހަމައެކަނި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު އޮތަސް، މިހާރު ފުޓްސަލް އާއި ހޭންޑްބޯލް ކުޅެވޭނެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ. މީގެ އިތުރުން މިހާރު ޒަމާނީ ފެންވަރަށް ހަދަމުންދާ ވޮލީ ކޯޓާއިއެކު، އަބަދުވެސް ވޮލީގެ ފޯރި އޮންނަ މި ރަށުގައި މި ކުޅިވަރު އިތުރަށް އާލާވެގެން ދާނެކަމަށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ހަމައެއާއިއެކު, އަންހެން ކަނބަލުންނަށް ވެސް ރަށުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ މަގު މި ވަނީ ފަހިވެގެން ގޮސްފައެވެ.

މިހާރު ނިމިފައިވާ މަޝްރޫޢުތައް

އައުޓްޑޯ ޖިމް

ފުޓްބޯޅަ ދަނޑު

ފުޓްސަލްދަނޑު އަޕްގްރޭޑްކުރުން

ބަނދަރު ހެދުން

ފެނުގެ ނިޒާމް ޤާއިމްކުރުން

މިހާރު ހިނގަމުންދާ މަޝްރޫޢުތައް

އައު އިންޖީނުގެ

12 ކްލާސްރޫމްގެ 3 ބުރި އިމާރާތް

މަލްޓި ޕާޕަސް ހޯލް

ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް

މިސްކިތް އިމާރާތްކުރުން

އިއާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު

ފެނާއި ނަރުދަމާ ޤާއިމްކުރުން

ވޮލީ ކޯޓް ޤާއިމްކުރުން

ޒުވާނުންގެ މަރުކަޒު ޤާއިމްކުރުން

އެހެނިހެން މަރުހަލާ ތަކުގައި ހުރި މަޝްރޫޢުތައް

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުން

ޕޮލިސް ސްޓޭޝަން ޤާއިމްކުރުން

ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް

ގޮނޑުދޮށް ހިމާޔަތްކުރުން

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.