Advertisement

02 Aug 2023
އިބޫ 2023
ޝިފްނާ އަޙްމަދް

ގެސްޓްހައުސްތަކަށް ފަސޭހައިން ލޯނު ލިބޭނެ ފަންޑެއް ހުޅުވައިދޭނަން: ރައީސް ޞާލިޙް

ގެސްޓުހައުސް ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކުރުމަށް އެކަމަށް ހާއްސަކޮށްގެން ފަންޑެއް ހުޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެންޕެއިން ދަތުރުފުޅުގައި ހއ. ބާރަށަށް ވަޑައިގެން ރައީސް ވިދާޅުވީ، އަލަށް ވިޔަފާރި ފަށާ މީހުންނާއި، މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ގެސްޓުހައުސްތަކަށް ފަންޑެއް ހުޅުވާ އޭގެ ތެރެއިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ

ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް ބާރަށަކީ ރަނގަޅު ރަށެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން, ކައިރީގައި އެއާޕޯޓެއް އޮތް ކަމަށާއި، އެއީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ތަނަވަސް ދޮރެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

މީގެ އިތުރުން, ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ލޯކަލް ޓުއަރިޒަމަށް އުފައްދާ ފަންޑުގެ ސަބަބުން, ބޮޑުތިލަދުންމަތިން ފެށިގެން އައްޑުއަށް ރަށު ފަތުރުވެރިކަން ފުޅާވެ ރާއްޖޭގެ ޖީޑީޕީ ދެގުނަވެގެން ދާނެ ކަމަށެވެ.

ލޯކަލް ޓޫރިޒަމަށް މިއުފައްދާ ފަންޑުގެ ސަބަބުން، ފިއްލަދުއާ އެކު ބޮޑުތިލަދުންމަތިން ފެށިގެން އައްޑުއަށް ރަށު ފަތުރުވެރިކަން ފުޅާވެ ރާއްޖޭގެ ޖީޑީޕީ ދެގުނަ ވެގެންދާނެ. #UfaaveriAmaanRaajje ގައި ރަށު ފަތުރުވެރިކަން ކުރިއަރާ އިޤްތިޞާދީ ބޮޑު ބަދަލުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެންދާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ރާއްޖޭގައި ލޯކަލް ޓޫރިޒަމް މިހާރު އަންނަނީ ފުޅާވަމުންނެވެ. މި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިވެފައި ނެތުންކަން އެ ވިޔަފާރިތަކުން ފާހަގަކުރެއެވެ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 910 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. މި ހުރިހައި ގެސްޓްހައުސްތަކާއިއެކު ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދަކީ 14،934 އެނދެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.