Advertisement

20 Sep 2023
ޚަބަރު

މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދީ އުސޫލެއްގެ ދަށުން ސްޓޫޑަންޓް ލޯނު މާފުކޮށްދޭނަން: ރައީސް

ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށާއި އެކަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރޭ ގަލޮޅުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށާއި އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ވެސް އަންނަ އަހަރުން ފެށިގެން ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އޭގެތެރޭގައި، ސިފައިންނާއި ފުލުހުންނާއި ޝަރުއީ ދާއިރާ އާއި ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކާއި އިމިގްރޭޝަނާއި ކަސްޓަމްސް އާއި ކައުންސިލްތަކާއި އިމާމުންނާއި މުދިމުންގެ މުސާރައަށް ބަދަލު ގެނައުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަންނަ މަހު މަޖިލީހަށް ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓްގައި އިރާދަކުރެވިއްޔާ މިކަން ހިމަނައި އަޅުގަނޑުމެން ފާސްކުރާނަން،" ރައީސް ވިދާޅުވި އެވެ.

ދޮރުން ދޮރަށް ހިންގަވައި ކުރިއަށްގެންދާ ކެންޕެއިން ހަރަކާތްތަކުގައި ލިބިވަޑައިގަންނަވާ އެއް ޝަކުވާއަކީ ސްޓޫޑެންޓް ލޯނު ދެއްކުމުގައި ދަތިވެ، އެ ނުދެއްކުމުގެ ސަބަބުން ކޯޓަށް ދާންޖެހޭ ހިސާބުގައި ތިބެން ޖެހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނެސްދެއްވުމަށް ސްޓޫޑެންޓް ލޯނު ވަކި އުސޫލަކުން މާފު ކުރެވޭނެ ގޮތްތަކެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.  

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޓީމް އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ވެސް ތައްޔާރުވެގެން ކަމަށާއި އެކަމަށް ވިސްނައި ޕްލޭން ވެސް ކޮށްގެން ކަމަށެވެ. ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.