Advertisement

ފޮޓޯ: އެމްޑީޕީ

08 Sep 2023
ޚަބަރު

އައްޑޫއަށްޓަކައި ކުރަންވީ ކަމަކީ ރައީސް އިބޫ ހޮވުން: އަސްލަމް

އައްޑޫގެ ތަރައްގީއަށްޓަކައި ހޮވަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމަށް އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ކޮށްދީފައިވާ ކަންކަމާއި ކުރިއަށް އޮތް ދައުރުގައި ކޮށްދޭން މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އައްޑޫ ރައްޔިތުން ރައީސް ހޮވަން ޖެހޭ ކަމަށެވެ.

"ތިބޭފުޅުންގެ މި އައްޑޫއަށް، ތިބޭފުޅުންގެ މި ރާއްޖެއަށް ތިބޭފުޅުންގެ މި ރަށްރަށަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ދެވަނަ ދައުރެއް ދެއްވުން." އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން ކުރި ކަންކަން ކިރިޔާ ވެސް އަޅާކިޔޭނީ އިނގިރޭސިން އައްޑޫގައި ތިބި އިރު ކުރި ކަންތައްތަކާ ކަމަށް އަސްލަމް ވަނީ މި ޖަލްސާގައި ވިދާޅުވެފައެވެ.

އަންނަ ދައުރެއްގައި އައްޑޫ ސިޓީ ޒަމާނީ ވިޔަފާރި ހަބަކަށް ހަދާނެކަމަށާއި، އިކޯ ޓޫރިޒަމް ތަރައްގީކުރުމާއި، ރޭސިން ޓްރެކެއް އަޅާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މަގު ހެދުމާއި ބޯހިޔަވާހިކަން ހައްލު ކުރަން 1000 ފްލެޓް އެޅުމާއި، ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމާއި އާރްޓީއެލުން އައްޑޫ ގުޅާލާނެކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.