Advertisement

22 Sep 2023
ޚަބަރު

ޑޯ-ޓު-ޑޯ ގައި މާލޭގެ ވިޔަފާރި ވެރިއަކަށް އޭރު ކުރެވުނު ބިރުވެރި ތަޖުރިބާ

މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަމުން، އެ ދުވަހުގެ ޑޯ-ޓު-ޑޯ ހަރަކާތުގެ ތަޖުރިބާއެއް ޙިއްސާ ކުރެއްވެވިއެވެ. ރައީސްއާއި ޑޯ-ޓު-ޑޯ އިން ބައްދަލުވީ އެމް.ޑީ.ޕީ. އުފެއްދުމުގައި އިސްކޮށް އުޅުއްވި ވިޔަފާރިވެރިއަކާއެވެ.  

ރައީސް ޙިއްސާ ކުރެއްވެވި ގޮތުން، އެ ވިޔަފާރިވެރިޔާ ހުރީ ވަރަށް ބޮޑަށް މާޔޫސް ވެފައެވެ. އެއީ ފުރަތަމަ ބުރުގައި ވޯޓު ލާން ނުދެވި އަދި އެ ބުރުގެ ނަތީޖާ ލިބުނު ގޮތުންނެވެ. އަދި މި ނަތީޖާއާއެކު، އެ ވިޔަފާރިވެރިޔާގެ ކުރިމަތިން 2018 ގެ ކުރީގެ މަންޒަރުތައް މިއަދު ސިފަވާން ފަށައިފިކަމަށް ރައީސްއާ ޙިއްސާ ކުރެއްވެވިކަމަށް ވިދާޅުވިއެވެ

ތިމަންނަ އޭރު ކޮންމެ ރެއަކު ގޭގައި އިންނަނީ ފިހާރަ ބަންދުކޮށްފައި ފައިސާކޮޅު ގެޔަށް ގެނެވޭނެ ގޮތެއް ނެތިގެންނޭ. ކޮންމެ ރެއަކު އެ ބިރުވެރިކަމުގައޭ އިންނަނީ. އެއްރޭ ފިހާރަ ބަންދުކޮށްފައި ފައިސާ ހިފައިގެން އައި ސޭޓު ލޮލަށް ވަޅި ހަރާ އޭނާގެ އަތުގައި އޮތް ލާރިކޮޅު ފޭރިގަތޭ. އެ ބިރުވެރިކަން ތިމަންނައަށް މިއަދު އެބަ ސިފަވެޔޭ.

ވިޔަފާރިވެރިޔާ ކިޔައިދެއްވެވި ވާހަކަ ޙިއްސާކުރައްވަމުން ރައީސް ޞާލިޙް

ދެން އެއަށްފަހު ރައީސްއާ ޙިއްސާ ކުރެއްވީ އެ ވިޔަފާރިވެރިޔާ ގެޔަށް ގެންނަ ފައިސާ، އަނެއްދުވަހު ބެންކަށް ޖަމާކުރަން އުފުލަން ޖެހޭ ބުރައިގެ ވާހަކައެވެ.

ކުރީގަ 4 ސައިކަލު. މެދުގަ ވޭނެއްގަ ފައިސާ ބަހައްޓައިގެން، ފަހަތުގައި އަނެއްކާ ޕިކަޕަކާއި ސައިކަލު ބަހައްޓައިގެނޭ ފައިސާކޮޅު ޖަމާކުރަން ބޭންކަށް ގެންދަންޖެހެނީ.

ވިޔަފާރިވެރިޔާ ކިޔައިދެއްވެވި ވާހަކަ ޙިއްސާކުރައްވަމުން ރައީސް ޞާލިޙް

އެހެންކަމުން، ކުރިމަތިން މި ތަޞައްވުރު ކުރެވޭ މަންޒަރު ހަޤީގަތަކަށް ވުމަށް ނޭދޭތީ، ދެވަނަ ބުރުގައި ޖާނާއި މާލާއި ހޭދަކޮށްގެން ވެސް، އަލުން އަނބުރާ އެ ބިރުވެރިކަން ރާއްޖެއަށް ނުގެނައުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެކަމަށް އެ ވިޔަފާރިވެރިޔާ ދެންނެވިކަމަށް ރައީސް ޙިއްސާކުރެއްވެވިއެވެ.

މީގެ އިތުރުންވެސް، ޑޯ-ޓު-ޑޯގައި މިފަދަ އެތަކެއް ބަޔަކާއި ދިމާވާ ކަމަށާއި، ދެވަނަ ބުރުގައި އެ އެންމެން ވެސް ވޯޓު ލާން ނިކުމެ، އެ ބިރުވެރިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައީސްއަށް ދަންނަވާފައިވާކަމަށް ވިދާޅުވިއެވެ

މި ޖަލްސާގައި ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކުރީގެ މަޖިލިސް މެމްބަރ އިލްހާމް އަޙްމަދާއިއެކު ޖަލު ގޮޅީގައި ކުރެވުނު އިޙްސާސްތަކެއް ވެސް ރައީސް ވަނީ ޙިއްސާ ކުރައްވާފައެވެ. ރައީސް ފާހަގަ ކުރެއްވެވި ގޮތުން އޭރު ޖަލުގައި ދައުލަތެއް އުފެއްދޭހާ ލީޑަރުން ތިއްބެވިއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި، ސްޕްރީމް ކޯޓުގެ ފަންޑިޔާރަކާއި، ދެ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި، ދެ ޕޮލިސް ކޮމިޝަނަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި، ވިޔަފާރި ވެރިންނާއި އަދި ކުރީގެ ރައީސް، ރައީސް މައުމޫނު ވެސް އިންނެވިކަމަށް ޙިއްސާ ކުރެއްވެވިއެވެ. އަދި އޭރުގެ ސަރުކާރު ބަލިކުރެވެވީ، އެ އެންމެން ނިކުމެ، އެންމެން އެކަތި ގަނޑަކަށް ވެގެންކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.