Advertisement

20 Sep 2023
ޚަބަރު

ވިނަރެސް އަދި އެމްޕީއެލް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ލުއިގޮތެއް ހަމަޖައްސަދޭނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޕްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކެމްޕެއިންގައި ގޭގެއަށް ކުރައްވާ ޒިޔާރަތުގައި ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި ކުލީ ބޮޑުވުމުގެ ސަބަބުން ގިނަ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އެ ފްލެޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

އެމްޕީއެލް ފްލެޓްތަކުގެ އަގުބޮޑުވެގެންވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ފްލެޓްތަކުގެ އަގުވެސް ކުޑަކޮށް ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ، ވަރަށް އަވަހަށް ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓްވެސް ޢާންމުކުރައްވާނެކަމަށެވެ.

"މިއަދު ވަނީ ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި، އިދާރަކުރެވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނިވާސިޓީއާ ކަރެންޝަންސްގައި މަސައްކަތްކުރާ ފަރަތްކަކަށް ފްލެޓް ލިސްޓު ހަވާލުކުރާނަން."  ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. އެމްޕީއެލްއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3 ޓަވަރެއް ޢިމާރާތްކޮށްފައެވެ. އެ ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.