Advertisement

19 Sep 2023
ޚަބަރު

ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނެގިދާނެ: ރައީސް

ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ހެންވޭރުގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ޞާލިޙް، ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދާ ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ފަހުން ވޯޓެއް ނެގިދާނެކަމަށް ރައީސް ނަޝީދަށް ދަންނަވާފައިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ގަރާރު މަޖިލީހުން ފާސްކުރުމަށްފަހު އެމަނިކުފާނަށް ފޮނުވުމުން ދަންނަވާފައިވާނެކަމަށެވެ. އެއަށްފަހު ނިޒާމު ކަނޑައަޅާ ވޯޓު ވަކި ތާރީޚެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ

"މަޖިލީހުން ފާސްކުރުމުން، ދެން އަޅުގަނޑުމެއް އީސީއަށް ލިޔުމުން ހުށައަޅާނަން ތާރީޚަކާ އެކީގައި، މިވެނި ދުވަހެއްގައި ވޯޓު ނަގައިދޭން. ރިޔާސީ އިންތިޚާބު ނިމުމާއެކު އެކަން ކުރެވޭނެ ގޮތް ހަދާނަން. އެއީ ނޮވެމްބަރު 17ގެ ކުރިން." ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަށް އެ ދެޕާޓީން އަންނަނީ މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން ހުށައަޅާ ހުށައެޅުމަކީ މިމަހުގެ 25ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.