Advertisement

19 Sep 2023
ޚަބަރު

ކައުންސިލްތަކަށް މިނިސްޓްރީއެއް އުފެއްދުން ބިރުވެރި، ދެވޭނީ ފަހަތައް: ރައީސް

މިހާރަށް ވުރެ  ބޮޑަށް ރަށްރަށުގެ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ވަކިން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަކީ "ވަރަށް ވަރަށް ބިރުވެރި" ވާހަކައެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. 

ކެމްޕޭނުގައި ހދ. ނޮޅިންވަރަންފަރަށް ވަޑައިގެން މުއިއްޒު ވަނީ، މިހާރު ނިޒާމު އޮންނަ ގޮތުން ކައުންސިލްތައް ހަގީގީ ބާރުވެރިކަމެއް ލިބިފައި ނެތް ކަމަށާއި، އެކަމަށް އޮތް ހައްލަކީ ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް ހެދުންކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ވެރިކަމެއްގައި މިކަން ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.  

މާލޭގައި ބޭއްވި އެމްޑީޕީގެ 'ޑޯ ޓު ޑޯ' ހަރަކާތުގެ ތެރެއިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓް ދެއްކެވި މި ވާހަކައަކީ ވަރަށް ބިރުވެރި ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

"ވަރަށް ވަރަށް ވަރަށް ބިރުވެރި ވާހަކައެއް އެ ދައްކަވަނީ. އަނެއްކާ ވެސް ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތެއް އެ ކުރަައްވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ނިމުނު ޕީޕީއެމްގެ ވެރިކަމުގައި އޮތީ ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެފައިކަމަށެވެ. އަލުން މިފަދަ  މިނިސްޓްރީއެއް އުފައްދައިފި ނަމަ ކައުންސިލްތަކުގެ ބާރުތައް ޖަމާވާނީ ވެރިކަން ކުރާ މާލެއަަށް ކަމަށެވެ. އަދި އެއީ އެތައް އަހަރެއް ފަހަތަށް ދިއުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް. އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައް އަހަރެއް ފަހަތަށް،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ކުރިން ކައުންސިލްތަކަށް ލިބިދީފައި ނުވާ އެތަކެއް ބާރުތަކެއް ހޯދައިދީފައެވެ. އެގޮތުން ކައުންސިލްތައް އަމިއްލައަށް އާމްދަނީ ހޯދައި ސަރުކާރަށް ބަރޯސާވާވުން ވަނީ ނިމުމަކަށް ގެނެސްދީފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.