Advertisement

މިނިސްޓަރ ޝާހިދު ސޯސަން ޖަގަހައިގައި، ފޮޓޯ: އެމްޑީޕީ

24 Sep 2023
ޚަބަރު

ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަލުން ހޯއްދަވައިދެއްވީ ރައީސް ޞާލިހް: މިނިސްޓަރ ޝާހިދު

ޙުލާސާ

ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ 2 ހެލިކޮޕްޓަރު

·         ފުރަތަމަ ހެލިކޮޕްޓަރު ގެނައީ 2011 ގައި، ރައީސް ނަޝީދުގެ ވެރިކަމުގައި

·         ދެވަނަ ހެލިކޮޕްޓަރު ގެނައީ 2016 ގައި، ރައީސް ޔާމީންގެ ވެރިކަމުގައި

އައްޑޫގައި ޤާއިމް ކުރެވުނު ފުލުހުންނަށް ތަމްރީނުދޭ މަރުކަޒު

އެ މަސައްކަތުގެ އެގްރީމެންޓްގައި ސޮއިކުރީ 2012 ޑިސެމްބަރުގައި އޭރުގެ ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު

އުތުރު ތިލަފަޅު

·         އުތުރު ތިލަފަޅު ތަރައްޤީކުރުމާ ބެހޭ އެގްރީމެންޓްގައި ސޮއިކުރީ 2016 ގައި ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގައި

·         ރައީސް ޞާލިޙްގެ ސަރުކާރުން އެ އެއްބަސްވުމުގައި ހުރި ބައެއް ކަންތައްތައް އުނިކޮށް، އެ ތަނަކީ ދިވެހީންގެ ފުރިހަމަ ބާރު ހިނގާނެ ގޮތަށް ބަދަލުކުރި

ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް

·         ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކާއެކީ، ރާއްޖޭގެ ބިން ބޭރުފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ބަދަލުކުރީ 2015 ގައި ރައީސް ޔާމީން

·         ދިވެހި ރާއްޖޭގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭގޮތަށް ބަދަލުގެނައީ 2019 ގައި ރައީސް ޞާލިޙް

ރައީސް ސާލިޙަށް އަލަށް ތާޢީދުކުރެއްވެވި ޖޭޕީގެ ލިޑަރޝިޕްގެ ގިނަ މެމްބަރުންނާއިއެކު ރައީސް ސާލިޙް، ފޮޓޯ: އެމްޑީޕީ

ހޮނިހިރު ދުވަހުގެރޭ ސޯސަން ޖަގަހައިގައި އެމްޑީޕީން ބޭއްވި "އެންމެން މިކޮޅަށް! އަނިޔާވެރިކަމާ ދެކޮޅަށް!" ޖަލްސާގައި، ފޮރިން މިނިސްޓަރ އޮނަރަބަލް އަބްދުﷲ ޝާޙިދު، އިދިކޮޅުން ސަރުކާރާ ދެކޮޅަށް ކެމްޕެއިން ކުރުމަށް އެންމެ ބޮޑަށް ދައްކާ އިންޑިއާގެ ވާހަކައަށް ރައްދު ދެއްވާ، އެކަމާ ގުޅޭ މުހިންމު ވާހަކަތަކެއް ޙިއްސާކުރައްވައިފިއެވެ. އެގޮތުން އެންމެ މުހިންމު ކަމަކަށް ފާހަގަކުރެއްވީ 2015 ވަނަ އަހަރު ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނެ ގޮތަށް ރައީސް ޔާމީން ޤާނޫނަށް ގެންނެވި އިސްލާހާ ގުޅޭގޮތުންނެވެ. މިކަން ބަދަލުކުރީ 2019 ވަނަ އަހަރު ރައީސް ސާލިޙް އެވެ. މި އިސްލާހާއެކު ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭގޮތަށް ނުދެވޭނެއެވެ.

މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ޙިއްސާ ކުރެއްވީ ރާއްޖޭގައި އޮތް އިންޑިއާގެ 2 ހެލިކޮޕްޓަރުގެ ވާހަކައެވެ. އެގޮތުން، ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ 2 ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ގެނައީ 2011 ވަނަ އަހަރުއެވެ. އެއީ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައެވެ. އަދި ދެވަނަ ހެލިކޮޕްޓަރު ގެނަސްފައިވަނީ 2016 ވަނަ އަހަރުކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދެ ހެލިކޮޕްޓަރެއް މި ތަނުގައި އަޅައިގެން ތިއްބާ، މި ދެ ހެލިކޮޕްޓަރުން ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް ޚިދުމަތް ދެމުން ދަނިކޮށް، 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ. އެހެންވީމަ މި ދެ ހެލިކޮޕްޓަރ ގެނައުމަކާ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްއަކާ އެއްވެސް ގުޅުމެއް ނެތް."

ދެން މިނިސްޓަރ ޝާޙިދު އަލިއަޅުވާލެއްވީ އައްޑޫގައި ޤާއިމް ކުރެވުނު ފުލުހުންނަށް ތަމްރީނުދޭ މަރުކަޒުގެ ވާހަކައާއި ގުޅިގެން އިދިކޮޅުން ފަތުރަމުން ދިޔަ ދޮގު ވާހަކަތަކަށެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކިޔަމުން ދިޔައީ އެއީ އިންޑިޔާގެ މިލިޓަރީ މަރުކަޒެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ އެގްރީމެންޓްގައި ސޮއިކުރައްވާފައިވަނީ ރައީސް މުޙައްމަދު ވަޙީދު ޙަސަންމަނިކު ކަމަށާއި، އޭރުގެ ހޯމް މިނިސްޓަރަކީ ޑރ. ޖަމީލުކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެއީ ވެސް އިމްޑީޕީގެ ސަރުކާރާއި ގުޅުންހުރި ކަމެއް ނޫންކަމަށް މިނިސްޓަރ ޝާޙިދު ވިދާޅުވިއެވެ.

އެހެންކަމުން، އިދިކޮޅުން މި މައްސަލައާއި ގުޅިގެން ދައްކާފައިވަނީ ހުސް ދޮގުވާހަކަ ކަމަށް މިނިސްޓަރ ޝާޙިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާޙިދުގެ ވާހަކައިގައި ދެން ސާފުކޮށްދެއްވީ އުތުރު ތިލަފަޅުގެ ވާހަކައެވެ. އިދިކޮޅުން ކިޔަމުންދިޔައީ އުތުރު ތިލަފަޅަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށާއި، ނަމަވެސް މި މަސައްކަތް ފެށިފައި އޮތް ތާރީޙަށް ބަލައިލާއިރު އެއީ ވެސް މި ސަރުކާރާ ގުޅުންހުރި އެއްބަސްވުމެއް ނޫންކަން ފާހަގަ ކުރެއްވިއެވެ.

"2016 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައީސް ޔާމީން ހުންނަވައިގެން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ސޮއި އަޅުއްވާފައި އޮތް ޑިފެންސް އެކްޝަން ޕްލޭން. އޭގަ އެބައޮތް ސާފު އިބާރާތުން، އެއްބަސްވެ ސޮއި އަޅާފަ، ތިމަންމަނިކުފާނު ބޭނުންފުޅުވެޔޭ އުތުރު ތިލަފަޅުގަ މަރުކަޒެއް ހަދަން، ދިވެހި ރާއްޖޭގެ ކޯސްޓް ގާޑަށް. އަދި އެތަނުގައި އެއަރޕޯޓެއް އަޅާ ވާހަކަ ވެސް އޮތް."

ޝާހިދު އިތުރަށް ވިދާޅުވީ، އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި އޮތީ އޭރުގެ ޑިފެންސް މިނިސްޓަރ، ކާނަލް  ނާޒިމް ކަމަށެވެ.

ކަން މިހެން ހިނގާފައި އޮތްއިރު، މި ސަރުކާރުން އެ އެއްބަސްވުން އިތުރަށް ދިރާސާކޮށް، އެ އެއްބަސްވުމުގައި ހުރި ބައެއް ކަންތައްތައް އުނިކުރުމަށްފަހު، މިހާރު އެތަން ބިނާ ކުރަމުން އެދަނީ ދިވެހިރާއްޖޭގެ ފުރިހަމަ ބާރު ހިނގާތަނެއްގެ ގޮތުގައިކަމަށް ޝާޙިދު ވިދާޅުވިއެވެ.

މިކަންކަމަށް ރިއާޔަތްކޮށް މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރި ބަޔަކީ އިދިކޮޅުގައި ތިބި މީހުންކަމަށެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނެ ގޮތަށް ރައީސް ޔާމީން ރޭގަނޑު ދަންވަރު ޤާނޫނު އަސާސީ ބަދަލުކޮށްފައި ވަނިކޮށް، ޤާނޫނަށް އިތުރު އިސްލާހެއް ގެންނަވާ، 2019 ވަނަ އަހަރު ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭގޮތަށް ބަދަލު ކުރެއްވެވި ކަންތަކަށް އިޝާރާތް ކުރައްވައި ވާހަކަ ފުޅު ދެއްކެވިއެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތްކުރި ބަޔަކީ އެއީ، ދިވެހި ރާއްޖޭގެ ބިން، ކަނޑާ، ފަޅާ، އަތޮޅުތަކާ، ރަށްތައް، ވަކިވަކިން ބޭރު މީހުންނަށް މިލްކުވާނެގޮތަށް ވިއްކާލަން ޤާނޫނު އަސާސީ ބަދަލުކުރި މީހުންނަކީ އެއީ."

އެހެންކަމުން ޤާނޫނު އަސާސީއަށް ރައީސް ޔާމީންގެ ސަރުކާރުން ދަންވަރު ހޭލާ ތިބެ ގެންނެވި އިސްލާޙު އުވާލައްވާ، ދިވެހީންގެރާއްޖެ ދިވެހީންނަށް އަލުން ހޯދައިދެއްވީ ރައީސް ޞާލިހްކަމަށް މިނިސްޓަރ ޝާޙިދު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.