Advertisement

08 Sep 2023
ދީން

އިސްލާމީ ވެރިކަމެއްގަ އެންމެ މުހިންމު އެއް ސިފައަކީ މަޝްވަރާގެ މަތިން އެ ވެރިކަމެއް ކުރުން

އިސްލާމީ ވެރިކަމެއްގައި އެންމެ މުހިންމު އެއްސިފައަކީ މަޝްވަރާގެ މަތިން އެ ވެރިކަމެއް ކުރުން ކަމަށާއި، އެ މާތް ސިފަ، ރައީސުލްޖުމްޙުރިއްޔާ އިބްރާޙިމް މުޙައްމަދުގެ ފުށުން ފެނުނުކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޙް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. ޝައިޙް އިލްޔާސް މިހެން ވިދާޅުވީ "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ޞާލިޙްގެ މި މާތް ސިފަފުޅު ސިފަކުރައްވަމުން ޝައިޙް އިލްޔާސް ވިދާޅުވީ، ތަފާތު ވިސްނުމުގެ ސިޔާސީ ބޭފުޅުންނާއި ޕާޓިތަކާއި އެކު، ކެތްތެރިކަން އިސްކުރައްވައި މަޝްވަރާގެ އުސޫލުން ކަންކަން ކުރެއްވުމުގައި ރައީސް ޞާލިޙް ދެމިހުންނެވިކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އިތުރަށް ވިދާޅުވީ، އިސްލާމީ ވެރިކަމެއްގައި ދެން އެންމެ މުހިންމު އެއް ސިފައަކަށް ވާންވާނީ، ވަޢުދު ފުއްދުމަށްޓަކާ މަސައްކަތްކުރުމެވެ. އެގޮތުން ޝެއިޙް އެންމެ ފާހަގަ ކުރެއްވީ ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެން، އެ ކޯލިޝަން ދަމަހައްޓާނެކަމަށް ވެ ވަޑައިގެންނެވި ވަޢުދެވެ. އަދި އެކަންވެސް ވަނީ ރައީސް ޞާލިޙްގެ ފުށުން ފެނިފައިކަން ފާހަގަ ކުރެއްވެވިއެވެ.

ވެރިކަން ކުރާ މީހަކީ އެއީ ވަޢުދަށް ރައްކާތެރިވާ، ވަޢުދު ފުއްދުމަށްޓަކާ މަސައްކަތް ކުރާ ވެރިއަކަށް ވާންޖެހޭނެ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި މަސައްކަތް ކުރެއްވި ތަން.

އައްޝައިޙް އިލްޔާސް ޖަމާލް "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުގައި

ޤައުމެއްގެ ވެރިކަން ކުރައްވާއިރު، ދެން އެންމެ މުހިންމު ސިފައަކަށް އެ ރައީސެއްގެ ކިބައިގައި ހުންނަން ޖެހިވަޑައިގަންނަވާނެކަމަށް ޝެއިޙް އިލްޔާސް ވިދާޅުވީ، ޤައުމުގެ ބައިތުލް މާލަށް ރައްކާތެރިވުމެވެ. އެގޮތުން ރާއްޖޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ހިނގަމުން ދާއިރު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދަޢުލަތުގެ މުދަލުގައި ޖެހިފައިވާތަން ފެނިފައިނުވާކަން ފާހަގަ ކުރެއްވިއެވެ.

ޝޭހު އިލްޔާސް ޖަމާލްގެ ޙާއްސަ އިންޓަވިއު

ޝޭހު އިލްޔާސް ޖަމާލްގެ ޙާއްސަ އިންޓަވިއު

މީގެ އިތުރުން، ރައްޔިތުންގެ ވެރިއަކަށް އަންނަ ވެރިއެއްގެ ގައިގައި އޯގާތެރިކަމުގެ ސިފަ ހުރުމުގެ މުހިންމުކަމަށް އަލި އަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންގެ ޚާދިމަކަށް އަންނަ ބޭފުޅަކީ ހުރިހާ ރައްޔިތުންގެ އިޙްސާސްތައް ދަންނަ، އަދި ހަމަހަމަކަމާއިއެކު އަޅާލާ އޯގާތެރިކަން ފޯރުކޮށްދެވޭނެ ކެތްތެރި ވެރިއަކަށް ވާންޖެހޭނެކަމަށް ޝެއިޙް އިލްޔާސް ވިދާޅުވިއެވެ. އަދި މި ސިފަފުޅުވެސް ރައީސް ޞާލިޙްގެ ފުށުން ފެންނަކަމާއި، ރައީސްއަކީ ހަތުރުންނާއި މިތުރުންނާއިއެކު ވެސް މަސައްކަތް ކުރެވޭނެ ކެތްތެރި ބޭފުޅެއްކަން ޝެއިޙް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މައްޗަށް މީހަކު ވެރިވާއިރުގަ، އެމީހަކީ އެއީ ހުރހާ ރައްޔިތުންނަށް ކޭޓަރ ކުރައްވާ، ހުރިހާ ރައްޔިތުންގެ އިޙްސާސްތައް ދަންނަ، އަދި އެ ރައްޔިތުންނަށް އޯގާތެރި، މަޑުމޮޅި، ކެތްތެރި ބޭކަލަކަށް ވުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެ ސިފަ އަޅުގަނޑުމެންނަށް އެންމެ ރަގަޅަށް ފެނިގެން މިދަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ފުށުން. ދިވެހިރާއްޖޭގެ ވެސް ތަފާތު ޝަޙްސިއްޔަތެއްގެ ގޮތުގައި، އެއީ ހަތުރުންނާއި މިތުރުންނާއި އެކުގައި ވެސް، ކެތްތެރިކަމާއި އެކުގައި، އޯގާތެރިކަމާއި އެކުގައި މަސައްކަތް ކުރެއްވި ތަން.

އައްޝައިޙް އިލްޔާސް ޖަމާލް "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުގައި

ދެން ޝެއިޙް އިލްޔާސް ފާހަގަ ކުރެވީ ހަމަޖެހުން ޤާއިމް ކުރެއްވުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެގޮތުން، ރައީސް ޞާލިޙްގެ މި ސިފަފުޅު ވެސް ހުންނަކަން ފާހަގަ ކުރައްވާ ވިދާޅުވީ، އެކަމުގެ ހެއްކަކީ މިއަދު ޤައުމުގައި އޮތް އަމާންކަން ކަމަށެވެ. އަދި ތަރައްޤީއާއި އެހެނިހެން ކަންކަން ވެސް ތަނަކަށް އަންނާނީ އެތަނެއްގައި އަމާންކަން ޤާއިމްވުމުންކަމަށް ޝެއިޙް ވިދާޅުވިއެވެ.

މިކަމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވަމުން ޝެއިޙް ޙިއްސާ ކުރެއްވީ އިސްލާމީ ތާރީހާއި ގުޅުންހުރި ވާހަކައެކެވެ. އެގޮތުން މައްކާއަށް ވަޑައިގެންނެވުމަށްފަހު، އިސްމާއިލް އަލައިހިއްސަލާމް އާއި ހާޖަރު އަލައިހިއްސަލާމް ހަނަފަސް ސަހަރާއެއްގައި ދޫކުރައްވައި އިބްރާޙިމްގެ ފާނު ވަޑައިގެން ކުރެވި ދުޢާ ވެސް އެންމެ ފުރަތަމަ ޙާއްސަ ކުރެއްވީ މައްކާގައި އަމަން އަމާންކަން ޤާއިމް ކުރެއްވުމަށްކަމަށް ވިދާޅުވިއެވެ.

ތިމަންކަލޭގެ ފާނާއި ތިމަންކަލޭގެ ފާނުގެ ދަރިފަސްކޮޅު ބުދުތަކަށް އަޅުކަން ކުރުމުން ދުރުކުރައްވާންދޭވެ، އެ ދުޢާ ކުރެއްވުމުގެ ކުރިން ވެސް ކުރެއްވީ މި ރަށަކީ އަމާން ރަށެއް ކަމުގައި ލެއްވުމަށް. އެ ތަނެއްގައި އަމާންކަން ނެތް ކަމުގައި ވާނަމަ އެތަނެއްގައި ދީނެއް ޤާއިމް ނުކުރެވޭނެ، ދުނިޔެއެއް އާރާސްތު ނުކުރެވޭނެ.

އައްޝައިޙް އިލްޔާސް ޖަމާލް "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއުގައި އިބްރާޙިމްގެ ފާނުގެ ވާހަކައަށް އަލިއަޅުވާލައްވަމުން

އިންޓަވިއު ނިންމާލައްވަމުން ޝެއިޙް ވިދާޅުވީ، ދިވެހިރާއްޖޭގައި އަމާންކަން ޤާއިމްކުރުމަށާއި، ރާއްޖޭގެ ސިޔާދަތު ހިމާޔަތްކޮށް އަދި ދީން ދިފާޢު ކުރުމަށް އެންމެ ރަގަޅު ކެނޑިޑޭޓެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ކަމަށެވެ.

ޤައުމުގެ އަމްނާ އަމާންކަމާ، ޤައުމުގެ ސިލްމާ ސިޔާދަތާ، އިސްލާމް ދީނުގެ ދިފާޢުގައި، އަދި އުފާވެރި އަމާން ރާއްޖެއަކަށް، އިބޫއަށް އެންމެން އެކުގާ ވޯޓު ދެމާ.

"ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއު ނިންމާލަމުން އައްޝައިޙް އިލްޔާސް ޖަމާލް

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.