Advertisement

ފޮޓޯ: ސޯޝަލް މީޑީއާ

11 Sep 2023
ޚަބަރު

ރައީސް ޞާލިޙްގެ އުފަން ރަށުން އެ މަނިކުފާނަށް މިފަހަރު 2018 އަށް ވުރެ ބޮޑު ޕަސެންޓެއް

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އުފަން ރަށް ކަމުގައިވާ ޅ. ހިންނަވަރުން, އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމާއި ވާދަކުރައްވައި ހޯއްދެވި ވަރަށް ވުރެން ބޮޑު އިންސައްތައެއް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯއްދަވައިފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ހިންނަވަރުން ޖުމްލަ ލިބިވަޑައިގެންނެވީ %56.8 ވޯޓެވެ. އެއީ 1،259 ވޯޓެވެ. އަދި ރައީސް ޔާމީނަށް 956 ވޯޓާއި އެކު ލިބިވަޑައިގެންނެވީ %43.2 އެވެ. އެ ފަހަރު ވޯޓު ލެވޭ އިންސައްތައިގެ %90.9 މީހުން ވޯޓުލާން ނިކުތެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީސް ޞާލިޙަށް ހިންނަވަރުން ޖުމްލަ ލިބިވަޑައިގެންނެވީ %60.2 ވޯޓެވެ. އަދި ޑރ. މުޙައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވީ %37.3 ވޯޓެވެ. މި ފަހަރު ހިންނަވަރުން ވޯޓުލާން ނިކުތީ ޖުމްލަ %79.3 މީހުންނެވެ. އެހެންކަމުން ގިނަ ބަޔަކު ދެވަނަ ބުރުގައި ވޯޓުލާން ނިކުމެއްޖެނަމަ މި ފަރަގު ދެވަނަ ބުރުގައި ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.

އެ މަނިކުފާނަށް ހިންނަވަރުގައި އޮންނަ ތާއީދު އަހަރަކަށް ވުރެން އަހަރެއް އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ފާހަގަ ކުރެވެއެވެ. އެގޮތުން 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ މަނިކުފާނަށް ލިބިވަޑައިގަތީ %50.99 ވޯޓެވެ. އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން %52.6 ހޯއްދެވިއެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބުތަކުގައި މި ހޯއްދެވީ %56.8 އާއި %60.2 ވޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.