Advertisement

17 Aug 2023
ޖަޒީރާ ދިރިއުޅުން

ތަރައްޤީގެ ލިސްޓުން ބާކީވެފައި އޮތް ބޮޑުފޮޅުދޫއަށް އުއްމީދު ގެނުވައިފި

އާބާދީގައި 865 މީހުން ހިމެނޭ އއ. ބޮޑުފޮޅުދޫއަކީ ކުޑަ ރަށެކެވެ. މައިގަނޑު ގޮތެއްގައި ރަށުގެ ޒުވާން ފިރިހެނުން ވަޒީފާ އަދާކުރަނީ ކައިރި ރިޒޯޓުތަކުގައެވެ. އަދި ރަށުގައި ތިބެގެން ރަށުގެ އަންހެންވެރިން އާންމު ގޮތެއްގައި ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި ފަންގި ވިއުން ހިމެނެއެވެ. މީގެ އިތުރުން އެރަށުގައި މިހާރު ރަށު ފަތުރުވެރިކަން ވެސް މަޑުމަޑުން އަންނަނީ ފުޅާވަމުންނެވެ.

ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާލާއިރު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކުރިން ބޮޑުފޮޅުދޫއަށް އެއްވެސް މިންވަރަކަށް ތަރައްޤީ އައިސްފައި ނުވާކަން އެރަށު ކައުންސިލުން ފާހަގަ ކުރިއެވެ. ބޮޑުފޮޅުދޫ ތަރައްޤީގެ ލިސްޓުން ބާކީ ކުރުމުގެ ސަބަބަކީ، އެ ރަށުގެ އާބާދީ ކުޑަކަމުންކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރު އައި ފަހުން އެ ރަށަށް ތަރައްޤީގެ ބޮޑެތި ކުރިއެރުންތައް އަންނަމުންދާ ކަމަށާއި، ރަށުގެ އަސާސީ ޚިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ މަޝްރޫޢުތަކެއް ހެން މިހާރު ހިނގަމުންދާކަމަށް ފާހަގަ ކުރެއްވިއެވެ.

ބޮޑުފޮޅުދޫއަކީ ސުނާމީއަށްފަހު ވަރަށް ބޮޑަށް ފެން ތަޤައްޔަރުވެފައިވާ ރަށެކެވެ. އެގޮތުން ބައެއް ދުވަސްތަކުގައި ފެންވަރާ ވަޅު އެއްކޮށް ލޮނުވުމުން، ލޮނު ފެނުން ފެންވަރަން ޖެހެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުންނަށް ހަމުގެ އެކި ބަލިތައްޖެހިގެން ޑޮކްޓަރަށް ދެއްކުމަކީ އާންމުކަމެކެވެ. އެހެންނަމަވެސް، މިހާރު އެ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށާ، ބާރު ދުވެލީގައި މަސައްކަތް ކުރިޔަށް ދިއުން ވެގެން ގޮސްފައިވަނީ ބޮޑުފޮޅުދޫގެ ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ގެނުވާނެ ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަކަށެވެ.

އަސާސީ ޚިދުމަތްތަކުގެ އިތުރުން، ބޮޑުފޮޅުދޫގައި ޒުވާނުންނަށް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ރަށުގެ ފުޓުބޯޅަދަނޑު ތަރައްޤީކޮށް ޓާފު އަޅާ، އަދި ޒަމާނީ ފެންވަރަށް ވޮލީ ކޯޓެއް ތަރައްޤީކޮށް މިހާރުވަނީ ނިމިފައެވެ. މީގެ އިތުރުން އެ ރަށުގައި ޒަމާނީ ޔޫތު ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރެވެމުންނެވެ.

ޒަމާނުއްސުރެއް ބޮޑުފޮޅުދޫގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބިމުގެ ދަތިކަމެވެ. އެގޮތުން 1990 ވަނަ އަހަރުން ފެށިގެން އެއްވެސް ރައްޔިތަކަށް މި ރަށުން ބިން ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރަށުގެ ކައުންސިލުން ބުނެއެވެ. އަދި ރަށުގެ ބިން އިތުރު ކުރުމުގެ މަސައްކަތާއިއެކު، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.

ރަށުގެ ގިނަ ފިރިހެނުންނަކީ ރިޒޯޓުގައި މަސައްކަތް ކުރަމުންދާ ބައެއްކަމުން، ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވުމުން އެ ފަރާތްތަކަށް ރަށަށް އަންނަން ޖެހުނެވެ. އެހެންނަމަވެސް، ސަރުކާރުން ދިން އިންކަމް ސަޕޯޓާއިއެކު، މިގޮތަށް ވަޒީފާ ގެއްލުނު އެއްވެސް މީހަކަށް ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް އެއްވެސް ދައްޗަކާއި ކުރިމަތި ނުވާކަމަށް ބޮޑުފޮޅުދޫ ކައުންސިލުން ޔަގީންކޮށްދިނެވެ. އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި މިފަދަ ކޮންމެ ފަރާތަކަށް މަހަކު 5،000ރ. ދީ، އެ ދުވަސްވަރު ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ރަށުތެރޭގައި ރޯލް ކުރެވުނުކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.   

އއ. ބޮޑުފޮޅުދޫގެ މަޝްރޫޢުތައް ޚުލާސާކޮށް؛

ނިމިފައިވާ މަޝްރޫޢުތައް:

މިސްކިތް އިމާރާތްކުރުން

ފުޓްބޯޅަދަނޑު

ހެލްތް ސެންޓަރުގެ ލެބޮރޭޓަރީ އަދި ލޭބަރ ރޫމް

ވޮލީ ކޯޓު ޤާއިމްކުރުން

ފެނުގެ ނިޒާމް ޤާއިމްކުރުން

ހިނގަމުންދާ މަޝްރޫޢުތައް:

އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން

އެހެނިހެން މަރުހަލާތަކުގައި ހުރި މަޝްރޫޢުތައް:

ގޮނޑުދޮށް ހިމާޔަތްކުރުން

ބިން ހިއްކުން

ސްކޫލްގެ 6 ކްލާސް ރޫމް

މަލްޓި ޕާޕަސް ހޯލް

ޒުވާނުންގެ މަރުކަޒު ޤާއިމްކުރުން

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.