ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް، 12 ހެކްޓަރުގެ ބިން ހިއްކައިފި
މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫން 12 ހެކްޓަރުވަނީ ހިއްކާފައެވެ. މިހާރު ވަނީ އެރަށުން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މުޅިން ނިންމާފައެވެ. ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 180 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.