Advertisement

ފޮޓޯ: އައިލްސް

26 Aug 2023
ޚަބަރު

ބޮޑުފޮޅުދޫ ބިން ހިއްކަނީ، ރައްޔިތުންގެ އެތައް އަހަރެއްގެ އުންމީދަށް ނިމުމެއް

ބިންކުޑަވުމުގެ ސަބަބުން އިޤްތިޞާދީ ފުރުޞަތުތައް ހުއްޓިފައި އޮތް އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކުރައްވައިގެންނެވެ.

އއ.ބޮޑުފޮޅުދޫއަކީ ބިން ކުޑަ ރަށެކެވެ. މި ރަށުގެ ބޮޑު މިނަކީ 8.7 ހެކްޓަރެވެ. ރަށުގެ އާބާދީއަކީ 800 ވަރަކަށް މީހުންނެވެ. ނަމަވެސް ރަށުގައި އުޅޭ މީހުންގެ އާބާދީ މިއަށްވުރެ މަދުވާނެއެވެ. 

މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫގެ 12 ހެކްޓަރު ބިން ހިއްކާނެއެވެ. އަދި ހިއްކި ސަރަޙައްދުން 180 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރާނެއެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 74 މިލިއަން ރުފިޔާއަށެވެ.  

ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ އެރަށުގައި، އިތުރު އިޤްތިޞާދީ ފުރުޞަތުތައްވެސް ފުޅާކުރުމަށް އޮތް ގޮންޖެހުމަކީ ބިން ނެތުމެވެ. އެހެންކަމުން ސަރުކާރުން ވަނީ އެރަށުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މިހާރު މިވަނީ ބިން ހިއްކާ ޑްރެޖަރު އެރަށަށް ގޮސް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

ބޮޑުފޮޅުދޫގެ ބިމަށް އިތުރުކުރެވޭ 12 ހެކްޓަރުގެ ބިން 12 ދުވަސް ތެރޭގައި ހިއްކާ ނިންމާލެވޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ. 

1990 ވަނަ އަހަރުން ފެށިގެން ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކޮށްފައެއް ނުވެއެވެ. ސަބަބަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އެރަށުގައި މިހާރުވެސް އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150އަށްވުރެ ގިނަ މީހުން ތިބިކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން އެރަށުގެ ބިން ހިއްކުމަކީ ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކޮށްގެން ތިބި ކަމެކެވެ. ބިން ހިއްކާ ނިމުމުން ގޯތި އެޅުމުގެ އިތުރުން ފްލެޓް ތަރައްޤީކޮށް ދޫކުރެއްވުމަށްވެސް ނިންމާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވައި ކޮންމެ ރަށަކަށްވެސް ތަރައްޤީ ދަނީ ގެނެސްދެއްވަމުުންނެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކަން ކޮށްފައިވާ ގޮތެއްނޫނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.