Advertisement

ފޮޓޯ: ސޯސަލް މީޑިއާ

08 Sep 2023
ޚަބަރު

ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް، 12 ހެކްޓަރުގެ ބިން ހިއްކައިފި

އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީން ނިންމާލައިފިއެވެ.

މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫން 12 ހެކްޓަރުވަނީ ހިއްކާފައެވެ. މިހާރު ވަނީ އެރަށުން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މުޅިން ނިންމާފައެވެ. ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 180 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.

އާބާދީގައި 800 މީހުން ދިރިއުޅޭ ބޮޑުފޮޅުދޫއަކީ 8.7 ހެކްޓަރުގެ ކުޑަ ރަށެކެވެ. ބިން ހިއްކުމުގެ މަޝްރޫޢާއެކު ރަށުގެ ބިމުގެ ބޮޑުމިން ދެ ގުނައަށްވުރެ ވަނީ އިތުރުވެފައެވެ.

އާބާދީ ކުޑަ ނަމަވެސް، ރަށުގެ ބިން ކުޑަވުމުގެ ސަބަބުން ބޮޑުފޮޅުދޫއަށް އޮތީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމަށް އޮތް ދަތިކަމެވެ. ބޮޑުފުޅުދޫ ބިން ހިއްކުމާއިއެކު އެރަށުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރ އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހުއެވެ. ބިން ހިއްކުމުގެ މަޝްރޫޢަކީ ރަށުގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢެވެ. ރަށުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ރަށު ފަތުރުވެރިކަން ފަދަ ވިޔަފާރިތައް ފުޅާކޮށް ރަަށަށް އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަކީ ކައުންސިލްގެ ޢަމާޒެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.