Advertisement

15 Jul 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

ފ. މަގޫދޫގެ ތަރައްޤީގެ މަޝްރޫޢުތައް

މީހުން ދިރިއުޅޭ ފަސް ރަށް ހިމެނޭ ފ އަތޮޅު މަގޫދޫގެ އާބާދީއަކީ 620 މީހުންނެވެމި ރަށުގެ ބޮޑު މިނަކީ 22.1 ހެކްޓަރެވެ. 

ރަށުގެ ތާރީޙަށް ބަލާލާއިރު، 8 ޖެނުއަރީ 1999 ގައި ފ. އަތޮޅުގެ އަތޮޅުވެރިކަން މި އަތޮޅު ނިލަންދުއަށް ސަރުކާރުން ބަދަލު ކުރެއްވުމާ ހަމައަށް، އަތޮޅުވެރިކަން ކުރަމުން ދިޔައީ މިރަށުގައެވެ. މިރަށުގައި 300 އަހަރުވީ އާޘާރީ މިސްކިތެއް ހުރެއެވެ. އަދި ރަށުގައި މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. 

މިހާރު މަގޫދޫގައި ކުރިއަށްދާ މަޝްރޫޢުތައް:

1.    ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުން

2.    ސާފު ހަކަތަ އުފެއްދުމުގެ މަޝްރޫޢު

3.    ބިން ހިއްކުން

4.   ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން

ނިމިފައިވާ މަޝްރޫޢުތައް:

1.     ވޮލީ ކޯޓު ތަރައްޤީކުރުން

2.    ފުޓްސެލްދަނޑު ތަރައްޤީކުރުން

އެހެނިހެން މަރުހަލާތަކުގައި ހުރި މަޝްރޫޢުތައް:

1.     ފުޓްބޯޅަ ދަނޑު ޤާއިމްކުރުން

2.    އިޖުއިމާޢީ މަރުކަޒު ތަރައްޤީކުރުން

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.