Advertisement

27 Jul 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

ވ އަތޮޅު ކެޔޮދޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތައް

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުމުލަ 511 މީހުންގެ އާބާދީއެއް ދިރިއުޅޭ ފެލިދެއަތޮޅު ކެޔޮދޫގެ ބޮޑު މިނުގައި 11.8 ހެކްޓަރ ހުރެއެވެ. މިރަށުގެ މީހުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރަމުންދާ މަސައްކަތް ތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ހިމެނއެވެ. ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުންދެއެވެ. މިގޮތުން މިރަށުގައި ގެސްޓްހައުސްގެ އިތުރުން 2 ޑައިވިންގ ސްކޫލް ހިންގަމުންދެއެވެ.

މިހިނގަމުންދާ ރިޔާސީ ދައުރުގައި ކެޔޮދޫގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އެބަ ކުރިއަށް ދެއެވެ. މިގޮތުން ފާއިތުވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެލިދެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ވަނީ ހުޅުއްވާދެއްވާފައެވެ. މި ހޯލު ހުޅުވިގެންދިޔައިރު ކެޔޮދޫ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ ޢިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް މިވަގުތު ހިނގަމުންދާކަން ފާހަގަކުރަމެވެ.

މިރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް:

1.       ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން

2.       ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް

3.       އިއާދަ ކުރުވަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު

4.       ސްކޫލްގެ 2 ބުރީ އިމާރާތް

5.       ކުޑަކުދިންގެ ޕާކު ތަރައްގީކުރުން

ނިމިފައިވާ މަޝްރޫޢުތައް:

1.       ބަނދަރު ހެދުމުގެ މަޝްރޫއު (ފޭސް 2)

2.       ސްކޫލް މަލްޓި ޕާޕަސް ހޯލް

އެހެނިހެން މަރުހަލާތަކުގައި ހުރި ބައެއް މަޝްރޫޢުތައް:

1.       ސިއްހީ މަރުކަޒު އެކްސްޓެންޝަން

2.       ފުޓުބޯޅަ ދަނޑު ތަރައްގީކުރުން

3.       ގޮނޑުދޮށް ހިމާޔަތްކުރުން

4.       ވޮލީކޯޓު ތަރައްގީކުރުން

5.       ސްކޫލް 4 ބުރި އިމާރާތް

6.       ސިއްހީ މަރުކަޒު އައު އިމާރާތް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.