Advertisement

22 Jul 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

އޮޅުވެލިފުށީގައި ހިނގަމުންދާ މަޝްރޫޢުތައް

އޮޅުވެލިފުއްޓަކީ ޅ އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށުގެ ތެރެއިން އެއް ރަށެވެ. 2022 ވަނަ އަހަރު އޮތް ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޅ. އޮޅުވެލިފުށީގައި ދިރިއުޅެމުންދަނީ 635 މީހުންނެވެ. އެއީ 331 އަންހެނުންނާއި 304 ފިރިހެނުންނެވެ. މި ރަށުގެ ބޮޑު މިނުގައި 25.9 ހެކްޓަރ ހުރެއެވެ. އެހެންކަމުން ދަނޑުވެރިކަމަކީ މިރަށުގެ މީހުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ މަސައްކަތެކެވެ.

އޮޅުވެލިފުށީގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އެބަ ކުރިޔަށް ދެއެވެ. އަދި މި މަސައްކަތްތަކުގެ މަޢުލޫމާތު މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އެ ރަށަށް ކުރެއްވި ދަތުރުގައި ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން އޭރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މިއަދާއި ހަމައަށް މިހާރު އިންޖީނުގޭގެ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކޮށްލަމެވެ.

މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދިލެއްވި ކަމަށާ އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ކައުންސިލާ ހިއްސާކޮށް، އެ މަޝްރޫޢު ކުރިޔަށްގެންދަވާނެގޮތަކާއި ގުޅޭގޮތުން ކައުންސިލާ މަޝްވަރާ ކުރައްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

ސްކޫލްގައި އޭރު ޤާއިމުކުރަން ހަމަޖެހިފައި އޮތް 8 ކްލާސްރޫމްގެ ބަދަލުގައި ދެން ކުރިޔަށްގެންދާނީ 10 ކްލާސްރޫމަށް ބަދަލުކޮށްގެންކަމަށާއި އޭގެ ބޭނުމަކީ ސްކޫލުގެ ކިޔެވުން ސިންގަލް ސެޝަނަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް ތަޢާރަފު ކުރެވިގެންދާނެ ކަމަށެވެ.

މިރަށުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް:

1.      ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން

2.      ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހެދުން

3.      އިއާދަކުރުވަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު

4.      ޑީސެލިނޭޝަން ޕްލާންޓް އެޅުން

5.      ޞިއްޙީ މަރުކަޒުގައި ޕޯރޓިކޯ އާއި ގަރާޖު ހެދުން

ނިމިފައިވާ މަޝްރޫޢުތައް:

1.      ފުޓުބޯޅަ ދަނޑު ތަރައްގީކުރުން

2.      އައު އިންޖީނުގެ

އެހެނިހެން މަރުހަލާތަކުގައި ހުރި ބައެއް މަޝްރޫޢުތައް:

3.      ރަށުފެންވަރުގައި ކުނި މެނޭޖްކުރުމަށް ބަޔޯ ޓުރީޑްމަންޓް ސިސްޓަމް ޤާއިމްކުރުން

4.      ފުޓުބޯޅަދަނޑުގެ ރޮސްޓްރޮމް ޤާއިމުކުރުން

5.      ފުޓުބޯޅަދަނޑުގެ ވަށާފާރު އަދި ފެންސް މަރާމާތުކުރުން

6.      އައުޓްޑޯ ޖިމް ގާއިމްކުރުން

7.      ބަނދަރު ބޮޑުކުރުމާއި ޕިކްނިކް ދާނެ ތަނެއް ހެދުން

8.      ސްކޫލުގެ 10 ކްލާސްރޫމުގެ 2 ބުރި އިމާރާތް

9.      ގިރާ ސަރަހައްދު ހިމާޔަތް ކުރުން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.