Advertisement

21 May 2023
ޖަޒީރާ ދިރިއުޅުން
މިފްތާޙް މުޙައްމަދު

ހިރިލަންދޫގައި މިވަގުތު ވެސް އަށް މަޝްރޫއު

އާބާދީގައި މިވަގުތު 978 މީހުން ތިބި ކޮޅުމަޑުލު ހިރިލަންދޫގައި މިވަގުތު ވެސް 8 މަޝްރޫއު ހިނގަމުން އެބަދެއެވެ. ބިމުގެ ބޮޑު މިނުގައި 29.4 ހެކްޓަރ ހުންނަ މި ރަށުގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަސްވެރިކަމަށެވެ. މިފަހަކަށް އައިސް ފައިބަރު މަސައްކަތުގެ ސިނާޢަތްވެސް ވަރަށް ބާރަށް ރަށުގައި ކުރިއަރަމުން އައިސްފައިވެއެވެ. މީގެ އިތުރުން، ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި އިމާރާތްކުރުމުގެ މަސައްކަތަކީ މިރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެވެ.

އޭގެ އިތުރުން، ދިވެހި ބޭސްވެރިކަމަކީވެސް މިރަށުގެ ގިނަ ބަޔަކު ކުރާ ޚާއްޞަ މަސައްކަތެކެވެ. އެގޮތުން މިރަށަކީ ދިވެހި ރުއްގަލުބޭސް ކުރުމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ރަށެކެވެ.

ހިރިލަންދޫގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެރަށުގެ އާބާދީ އަންނަނީ މަޑުމަޑުން އިތުރު ވަމުންނެވެ. އެގޮތުން މީގެ 38 އަހަރު ކުރިން 1985 ވަނަ އަހަރު އެރަށުގެ އާބާދީއަކީ ޖުމްލަ 427 މީހުންނެވެ. މީލާދީ ގޮތުން 2000 ވަނަ އަހަރަށް އައިއިރު އެ ރަށުގެ އާބާދީއަކީ 759 މީހުންނެވެ. އަދި 2014 ވަނަ އަހަރު 952 މީހުންނެވެ.

ދެ ޖިންސުގެ އާބާދީއަށް ވަކިވަކިން ބަލާނަމަ، ހިރިލަންދޫގައި މިވަގުތު ގިނައީ ފިރިހެނުންނެވެ. އެއީ 506 އެވެ. އަދި އަންހެނުންގެ އާބާދީއަކީ 472 އެވެ.

މީގެ ކުރިއާ އަޅާ ބަލާއިރު ހިރިލަންދޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް މި ފަހަކަށް އައިސް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިވަގުތު ވެސް ޖުމްލަ އަށް މަޝްރޫއު ހިނގަމުން އެބަދެއެވެ. އެ މަޝްރޫއުތައް ތިރީގައި ހިމަނާލާނަމެވެ.

1.       ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

2.       ސްކޫލް 3 ބުރި އިމާރާތުގެ 08 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލާ

3.       ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

4.       ބިން ހިއްކުން

5.       ސްކޫލް 3 ބުރި އިމާރާތް

6.       ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓް

7.       ކުޑަކުދިންގެ ޕާކް ތަރައްޤީކުރުން

8.       ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން

މީގެ އިތުރުން، ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ހަތަރު މަޝްރޫއެއް ނިންމާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އެ މަޝްރޫއުތައް ވެސް ތިރީގައި ހިމަނާލާނަމެވެ.

1.       އިޖްތިމާއީ ފެން ރައްކާކުރާ ނިޒާމް ޤާއިމްކުރުން.

2.       އައުޓްޑޯރ ޖިމް ގާއިމުކުރުން

3.       ފުޓްސަލް ދަނޑު ގާއިމުކުރުން

4.       ވޮލީކޯޓު ތަރައްގީކުރުން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.