Advertisement

16 Apr 2024
ވީޑިއޯ

ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތައް: މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ. 

އެހެންކަމުން ރޯދައާ ހެޔޮ އަމަލުގެ އަށާވީސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ މީސްތަކުންގެ ހައްޤުތަކަށް އަރައިގަތުމުގެ ނުބައިކަމާ ގުޅޭގޮތުން.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ؛

ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުން ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި ރޯދައާއި ޒަކާތުގެ ހެޔޮކަމައިގެން އަންނަމީހާއެވެ. އަދި އެކަންކަމާއިއެކު އަންނައިރު އޭނަވަނީ މިވެނި މީހަކާ ދިމާލަށް އެއްޗެހި ކިޔާފައެވެ. އަދި އެވެނި މީހަކަށް ޤަޛްފުކޮށްފައެވެ. އަދި މިވެނި މީހެއްގެ މުދާ ކައިފައެވެ. އަދި މިވެނި މީހެއްގެ ލޭ އޮހުރުވާފައެވެ. އަދި އެވެނި މީހެއްގެ ގައިގައި ޖަހާފައެވެ. ދެން އޭނާގެ ހެޔޮކަމުން އެވެނި މީހަކަށް ދެއެވެ. އަދި އެ ހެޔޮކަމުން މިވެނި މީހަކަށް ދެއެވެ. އެންމެފަހުން، އެހެން މީހުންގެ ޙައްޤުތައް ދިނުމުގެ ކުރިން އޭނާގެ ހެޔޮކަންކަން ހުސްވުމުން އެމީހުންގެ ނުބައިކަންކަން އޭނާގެ ބޮލުގައިއެޅެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވެއެވެ.“

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން! އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތަކާއި އޭގެ ސަވާބު އުނިވުމަށް ނޭދޭނަމަ، ޣީބަ ބުނުމާއި އަނިޔާވެރިވުމާއި އެނޫންވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުވާންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ހެޔޮކަންތައް ނެތިވެ ހިނގައިދާނެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.