ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އާންމުންނަށް އުނދަގޫވެދާނެފަދަ ކަންކަން ކުރިމަތި ނުވާނެ ގޮތަކަށް އަމަލުކުރުން
ވަރަށް އާދައިގެ ކަމެއް ކަމަށް ހީވާ ކިތަންމެ ކަމަކުން ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބިދާނެ. މީސްތަކުންނަށް އުނދަގޫވާނެ ކަމަކުން އެ މީހުން ސަލާމަތްކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ކަމަކީ އެތައް ދަރުމައާއި ސަވާބު ލިބި ތިމާ ސުވަރުގެއަށް ވަނުމުގެ ސަބަބަކަށް ވެދާނެ.